ކޯވިޑާއި ގުޅިގެން ބަންދު ކުރި ކެނެރީފް ރިސޯޓު އަންނަމަހުގެ 15 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާކަމަށް އެ ރިސޯޓުން ހާމަކޮށްފިއެވެ.
ކެނެރީފް ރިސޯޓްގެ މެނޭޖްމަންޓުން ބުނީ ރިސޯޓް ހުޅުވަން ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމަށެވެ. އެގޮތުން ހޯދަން ޖެހޭ ހުއްދަތައްވެސް އާންމު އުސޫލަށް ވުރެ އަވަހަށް ލިބެމުންދާކަމަށް އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ކެނެރީފް ރިސޯޓް ފުރަތަމަ ހުޅުވަން ނިންމާފައިވަނީ މިމަހުގެ ފަހުކޮޅުއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި ހެދި އެކަން ލަސްވީއެވެ. އެގޮތުން ރިސޯޓުގެ އާރްއޯ ޕްލާންޓަށް ބޭނުންވާ ތަކެތި ގެންނަން ޖެހެނީ ސީދާ އެމެރިކާއިން ކަމުން ޝިޕިންގް ޑިލޭތަކެއް އައިސްފައިވާ ކަމަށް ކެނެރީފުން ރިސޯޓުން ބުނެއެވެ.
271 ކޮޓަރި ހުންނަ ކެނެރީފަކީ އައްޑޫގައި އޮތް އެންމެ ބޮޑު ރިސޯޓެވެ. އަންނަމަހު ރިސޯޓު ހުޅުވުމަށްޓަކައި މިހާރުވެސް އޮޕަރޭޝަނަށް ގެންނަ 145 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓު ލައިފް ކުންފުނިން ގަނެފައިވާކަމަށް ކެނެރީފުން ބުނެއެވެ. އެހެން ކަމުން ރިސޯޓު އޮޕަރޭޝަންވެސް ފަށާނީ ފުލް އޮކިއުޕެންސީއެއްގައި ކަމަށް އެ ރިސޯޓުން ހާމަ ކުރެއެވެ.
ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަނެއްކާވެސް ކުރިއަރަމުންދާ އިރު، މިހާރު ނުހުޅުވި އޮތީ ދެތިން ރިޒޯޓެކެވެ. އެހެން ހުރިހާ ތަނެއް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު