ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް މާދަމާ ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި އަސްކަރީ 13 އުޅަނދު ރާއްޖެއަށް ހަދިޔާ ކުރާނެކަން ހާމަކޮށްފިއެވެ.
އެޤައުމުގެ ރަސްމީ ނޫސް އެޖެންސީ، ބަންގްލަދޭޝް ޝޮންބަދް ޝަންގްސްތާ (ބީއެސްއެސް) އިން ބުނީ ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 4 އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށެވެ. މީގެ ތެރޭގައި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަނާ ގުޅޭ އެއްބަސްވުމަކާއި، ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާއި ގުޅޭދާއިރާގެ އެމްއޯޔޫއަކާއި، ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމަށް ރާއްޖެއާ ބަންގްލަދޭޝްއާދެމެދު ވެފައިވާ އެއްބަސްވުން އައު ކުރުން ހިމެނެއެވެ.
ބޮޑުވަޒީރު ޝައިޚް ހަސީނާގެ ދަތުރުފުޅުގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ އިތުރުން، ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގާޅުން 13 އަސްކަރީ އުޅަނދު ރާއްޖެއަށް ހަދިޔާ ކުރާނެކަމަށްވެސް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ މިދަތުރުފުޅައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި އެކަމަނާއަށް ރަސްމީކޮށް މަރުހާބާ ދެންނެވުން އޮންނާނީ ބުރާސްފަތިދުވަހު ހެނދުނު ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ. އަދި ހަމައެދުވަހުގެ ހަވީރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު