2023 ވަނަ އަހަރު ނިމުމުގެކުރިން ސަރުކަރުގެ ގުޅިފައިވަ ދަތުރުފަރުގެ ނިޒާމުގެ ދަށުން ހުރިހާ ރަށެއްގައި ފެރީ ހިޔާތައް ޤާއިމުކުރާނެކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ދަށުން ހއ. ހދ އަދި ށ އަތޮޅަށް ފެރީގެ ޚިދުމަތްދޭން ފެށުމަށް ކުރަންޖެގޭ މަސައްކަތްތައް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މި ނިޒާމުގެ ޒޯން 1 ގެ ޚިދުމަތަށް 17 ފެރީ ބަނުމުގެ މަސައްކަތާއި، ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ޒޯން އެކެއްގައި ބޭނުންކުރާ ފުރަތަމަ ފެރީ މިހާރުވަނީ މޫދަށް ބާލައި ޓެސްޓްކޮށްފައެވެ.
އާޒިމް ވިދާޅުވީ ފެރީ ނިޒާމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރު ސަރަޙައްދުގައި ލަފާފުރާ މީހުން ހިޔާވާނެ އެކަށީގެންވާ ވަޞީލަތެއް ނެތްކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިރުޝާދުފުޅާއެކު 2023 ވަނައަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެރީ ހިޔާގެގޮތުގައި ތަންތަން ޤާއިމުކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑަށް ދެއްވި އިރުޝާދަކީ މި ހާލަތު ބަދަލުކުރަންޖެހެއޭ. ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭން ޖެހެއޭ. ރައްޔިތުން އުޅެންޖެހޭނީ އުފަލުގައޭ. ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވާރެއާއި އަވިން ނިވާވެވޭނެ ހިޔަލެއް ފެރީގެ ޚިދުމަތާއެކު ޤާއިމުކުރަންޖެހެއޭ." އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގައި ފެރީގެ ޚިދުމަތް ދިނުމަށް އެމް.ޓީ.ސީ.ސީން ތައްޔާރުވަމުންދާއިރު، ރާއްޖޭގެ ދެކުނުން ހައްދުންމައްޗާއި، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ބަހުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި މިހާރު ފޯރުކޮށްދޭ ބަހުގެ ޚިދުމަތް އެއަށްވުރެ ފެންވަރު ރަނގަޅުކޮށް، 2022 ގައި އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށާއި ހައްދުންމައްޗަށް ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު