މިއަހަރު މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނިކުރެވޭނީ މިއަދުކަމަށް ފެމެލީ ކޯޓުން ހާމަކޮށްފިއެވެ.
މިއަދު ގިނަ ކައިވެނިތަކެއް ކުރެވެމުންދާއިރު މިއަދުގެ ތާރީހަކީ ގިނަ ބަޔަކު މިހާރު ކައިވެނި ކުރުމަށް ބަލާ ރީތި ތާރީޚެއްގެ ގޮތުގައި ހިމެނޭ 21-12-21 އެވެ. މިއީ މި އަހަރު އަންނާނެ އެންމެ ރީތި ތާރީހްތަކުގެ ތެރެއިން އެއް ތާރީހެވެ.
ފެމެލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 57 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ މާލޭގައި އެކަނި ކުރެވޭ ކައިވެނިތަކަށްވާއިރު، އަތޮޅުތެރޭގައިވެސް ގިނަ ކައިވެނިތަކެއް މިއަދު ކުރާނެކަން ވަނީ އެނގިފައެވެ.
ރީތި ތާރީހުތަކާއި ދިމާކޮށް ކައިވެނިކުރުމަކީ ރާއްޖެއާއި އެހެން ބައެއް ގައުމުތަކުގައިވެސް އާދައެކެވެ. މިގޮތުން މީގެކުރިންވެސް ރީތި ތާރީހްތަކުގައި ރާއްޖޭގައި ވަނީ ރެކޯޑް އަދަދަކަށް ކައިވެނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު