އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާކުރުމަށް ކުންފުންޏެއް ހަދައިގެން ނަމަވެސް އެމަސައްކަތް ކުރައްވާނެކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ޓޫރިޒަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ކުންފުންޏެއް ހަދައިގެން ނަމަވެސް އައްޑޫއަށް އިތުރު އެއާލައިންތައް ގެނެސް ޓޫރިސްޓުން އިތުރުކުރަން މަސައްކަތް ކުރާނެކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އައްޑޫ އަށް އިތުރު އެއާލައިންތައް ގެނައި ނަމަވެސް ގަން އެއާޕޯޓުން އެ ސަރަހައްދުގެ އެހެން އެއާޕޯޓްތަކަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭކަމަށެވެ. އަދި އައްޑޫއަށް ދަތުުރުކުރާ ހަމައެކަނި އެއާލައިންގެ ހައިސިއްޔަތުން އެކަން ކުރެވޭނީ މޯލްޑިވިއަނަށް ކަމުގައި ވެސް ނިޒާރު ވިދާޅުވިއެވެ. ނަމަވެސް މޯލްޑިވިއަންގެ ހާލަތު ހުރި ގޮތުން މިވަގުތު އައްޑޫ ސިޓީ ކައުންސިލުން އުއްމީދުކުރާ ވަރަށް އެ މަސައްކަތް ކުރުމުގެ ގާބިލްކަން މޯލްޑިވިއަންގައި ނެތްކަމަށެވެ.
ނިޒާރު ވިދާޅުވީ ފްލައިމީއާއި މަންތާއެއާ ފަދަ އަމިއްލަ އެއާލައިންތަކާ ވާހަކަދައްކައިގެން ގޮތްތަކެއް ހޯދުން އަވަސްކުރަންޖެހޭކަމަށެވެ.
އައްޑޫގައި ތިން ރިސޯޓް ތަރައްގީކޮށްފައިވީ ނަމަވެސް އެއަރލައިންތަކުން ގަވާއިދުން ދަތުރުތައް ނުބޭއްވުމާއި ކަނެކްޓިންގ ފްލައިޓްތައް ނެތުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އައްޑޫ ސިޓީގައި 8،000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު