ގދ. ގައްދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނާްނިންގ މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބަނދަރު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިންގ މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ޝާނާ ފަރޫގެވެ.
ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއަކީ 38,414,550.52 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިމަޝްރޫއުގެ ދަށުން 13498 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 232 މީޓަރުގައި ބޮޑު ހިލަ ޖެހުމާއި، 35 މީޓަރުގެ ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. މީގެއިތުރުން ނެވިގޭޝަން ލައިޓް ހަރުކުރުމާއި މޫރިން ބޮއި ހަރުކުރުމާއި މަގުބައްތި ހަރުކުރުންވެސް މިމަޝްރޫޢުގައި ހިމެނިގެން ކުރިއަށްދާނެއެވެ.

ގދ.ގައްދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް @MTCCPlc އާ ހަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) December 21, 2021
38,414,550.52 ރުފިޔާއަށް މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/dvAHkmHYB0
ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއަކީ 38,414,550.52 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިމަޝްރޫއުގެ ދަށުން 13498 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 232 މީޓަރުގައި ބޮޑު ހިލަ ޖެހުމާއި، 35 މީޓަރުގެ ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. މީގެއިތުރުން ނެވިގޭޝަން ލައިޓް ހަރުކުރުމާއި މޫރިން ބޮއި ހަރުކުރުމާއި މަގުބައްތި ހަރުކުރުންވެސް މިމަޝްރޫޢުގައި ހިމެނިގެން ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު