ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) ގެ އެގްޒެކްޓިވް ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ައަނެއްކާވެސް ހޮވިވަޑައިގެންފިއެވެ.
މިއީ ޕީޖީއޭގެ އެގްޒެކްޓިވް ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހޮވިވަޑައިގެންނެވި ދެވަނަ ފަހަރެވެ. ރޮޒައިނާއަކީ މިމަހުގެ 31 ގެ ނިޔަލަށް ދައުރު ހަމަވާ ޕީޖީއޭގެ އެގްޒެކްޓިވް ކައުންސިލްގައި މިވަގުތު ވެސް އިންނަވާ މެންބަރެކެވެ.
ޕީޖީއޭގެ އެގްޒެކްޓިވް ކޮމިޓީއަށް 15 މެންބަރުން ހޮވަނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ކައުންސިލް މެންބަރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.
މިފަހަރުގެ އެގްޒެކްޓިވް ކައުންސިލަށްވެސް ރޮޒައިނާ އިންތިހާބުވުމާ ގުޅިގެން ޖެނުއަރީގައި ފަށާ އާ ދައުރުގައިވެސް ކޮމިޓީގައި އެކަމަނާ އިންނަވާނެއެވެ.
ޕީޖީއޭގައި 140 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުން ބައިވެރިވެފައިވާއިރު 1،300 އަށް ވުރެ ގިނަ މަޖިލިސް މެންބަރުން އެ ޖަމުއިއްޔާގައި މެންބަރުންގެ ގޮތުގައި ހިމެނެއެވެ.
އެމެރިކާގެ ނިއުޔޯކްގައި މައި އޮފީސް ގާއިމު ކޮށްފައިވާ ޕީޖީއޭ އުފައްދާފައި ވަނީ 1978 ވަނަ އަހަރުއެވެ. ޕީޖީއޭގެ ރައީސްގެ ގޮތުގައި މިވަގުތު ހުންނެވީ ސްވިޑެންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު މާގަރިތާ ކެޑަފެލްޓެވެ.
ޕީޖީއޭގެ މަގުސަދަކީ އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުވުމާއި، ގާނޫނު ނެގެހެއްޓުމަށް ބާރު އެޅުމާއި، ދިމިގްރާތީ އުސޫލުތައް ހިފެހެއްޓުމާއި، ތަފާތުކުރުންތައް ނައްތާލުމާއި، ޖިންސުގެ ހަމަހަމަ ކަމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ތެރޭގައި މަސައްކަތް ކުރުމަށް ބާރު އެޅުމެވެ.

Congratulations to Hon. Rozaina Adam, MP for Addu Meedhoo constituency for being elected for a second term to the Executive Committee of Parliamentarians for Global Actions during the 42nd Annual Forum of @PGAction. pic.twitter.com/apnaH5Xfpi
— People's Majlis (@mvpeoplesmajlis) December 21, 2021
ޕީޖީއޭގައި 140 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުން ބައިވެރިވެފައިވާއިރު 1،300 އަށް ވުރެ ގިނަ މަޖިލިސް މެންބަރުން އެ ޖަމުއިއްޔާގައި މެންބަރުންގެ ގޮތުގައި ހިމެނެއެވެ.
އެމެރިކާގެ ނިއުޔޯކްގައި މައި އޮފީސް ގާއިމު ކޮށްފައިވާ ޕީޖީއޭ އުފައްދާފައި ވަނީ 1978 ވަނަ އަހަރުއެވެ. ޕީޖީއޭގެ ރައީސްގެ ގޮތުގައި މިވަގުތު ހުންނެވީ ސްވިޑެންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު މާގަރިތާ ކެޑަފެލްޓެވެ.
ޕީޖީއޭގެ މަގުސަދަކީ އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުވުމާއި، ގާނޫނު ނެގެހެއްޓުމަށް ބާރު އެޅުމާއި، ދިމިގްރާތީ އުސޫލުތައް ހިފެހެއްޓުމާއި، ތަފާތުކުރުންތައް ނައްތާލުމާއި، ޖިންސުގެ ހަމަހަމަ ކަމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ތެރޭގައި މަސައްކަތް ކުރުމަށް ބާރު އެޅުމެވެ.
ކިޔުންތެރިންގެ ހިޔާލު