ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭނަށް ރައީސް އަބުދު ﷲ ޔާމިން އަންނަ ބުރާސްފަތި ދުވަހު ފ. ނިލަންދޫ ވަޑައިގަންނަވަަން ނިއްމަވައިފިއެެވެ.
ޕީޕިއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އިންޑިޔާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔުމަށް އަންނަ ބުރާސްފަތި ދުވަހު ރައީސް އަބުދު ﷲ ޔާމިން ފ. ނިލަންދޫއަށް ވަޑައިގަތުމަށް ނިއްމަވާފައިވާ ކަމަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު ހަވީރު ނިލަންދޫގައި ކުރިއަށް ގެންދާ އިންޑިޔާ އައުޓް ހަރަކާތުގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ބުރާސްފަތި ދުވަހުގެރޭ ނިލަންދޫގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
"ރައީސް ޔާމިންގެ މިދަތުރުފުޅުގައި ކައިރި ރަށްރަށުން ނިލަންދޫއަށް އަންނަ ރައްޔިތުންނާއި ބައްދަލު ކުރައްވާނެ. އެގޮތުން އެ ރަށްރަށުގެ ޕީޕީއެމް ކައުންސިލް މެމްބަރުންނާއި ސްޓްރިއަރިން ކޮމެޓީ ތަކުގެ މެމްބަރުންނާއި އަދިވެސް އިސްރަށްވެހިންގެ ތެރެއިން ރައީސާއި ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނިލަންދޫގައި އެ ފުރުސަތު ވަނީ ހުޅުވާލާފަ." ހީނާ ވިދާޅުވިއެެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ އިންޑިޔާ އައުޓް ކެމްޕޭނަށް ރައީސް ޔާމިން ދާދިފަހުން ވަނީ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު