ހުޅުމާލޭގެ ބިން ރަހުނުކޮށް ނަގާފައިވާ ބޮޑު ދަރަނި ނުދެއްކިއްޖެނަމަ އެބިން އަތުން ބީވެގެން ހިގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މާލެ ސިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ހުޅުމާލޭގެ ބިން ރަހުނުކޮށް 1.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ލޯނެއް ނަގާފައިވާ ކަމަށާއި، އެ ލޯން އަނބުރާ ނުދެއްކިއްޖެނަމަ ރަހުނު ކޮށްފައިވާ ހުޅުމާލޭގެ ބިން އަތުން ބީވެގެން ހިގައިދާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ބިން ރަހުނުކޮށް ނަގާފައިވާ ދަރަނި ދައްކަންޖެހެނީ ޗައިނާއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.
އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގެ އިމާރަތްކޮށްފައިވާ ހިޔާ ފްލެޓްގެ 7000 ފުލެޓުން ލިބޭ ކުލީގެ ގޮތުގައި ދައްކާ ފައިސާއިން އެ ދަރަނި ނުދެެއްކޭނެ ކަމަށެވެ. އަދި ހުޅުމާލޭގެ އިތުރު ބިން ވިއްކައިގެން އެ ދަރަނި ފޫބެއްދިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެެވެ.
"ހުޅުމާލޭ ބިން ތަރައްގީކޮށްގެން، ކޮމާޝަލް ނުވަތަ މެދުފަންތީގެ އާއިލާތަކަށް އަދި މުއްސަނދި އާއިލާތަކަށް އެބިން ވިއްކައިގެން ވެސް އެބިމުގެ ދަރަނި ފޫބެއްދޭނެ ކަމަކަށް ނުފެނޭ، ހަގީގަތުގައި ގިނަ ޗައިނާ ލޯނަކީ ބިޒްނަސް ޕްލޭން ދެކޮޅު ނުޖެހޭ ގޮތަށް އެމިންވަރަށް އަގުބޮޑުވާ ގޮތަށް އުފެއްދިފައިވާ ލޯން." އަވައްޓެރި ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ހުޅުމާލޭގެ ބިމުން ދަރަނި އަދާކުރުމަށް މުޅި ރާއްޖޭގެ އިގްތިސާދު ބާރުވާންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ދެ ޕަސެންޓް ނުވަތަ ދޮޅު ޕަސެންޓް ހުޅުމާލޭގެ ދަރަންޏަށް އެކަނި ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. ރައީސް ނަޝީދު ވިދާޅުވީ، ލޯން ތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް އަމިއްލަ މީހާއަށް އިންޓްރެސްޓް ފުރޮޅާލަންޖެހޭ ކަމަށެވެ.
"ސަރުކާރަށް އެ އިންޓްރެސްޓް އަދައެއް ނުކުރެވޭ، އެ ލޯނެއް އަދައެއް ނުކުރެވޭނެ އިންޓްރެސްޓް ކުޑަވާނެ އުސޫލުތަކާއި ގޮތްތައް ހޯދާފައި އެ އިންޓްރެސްޓް އަމިއްލަ މީހާއަށް ފުރޮޅާލާށޭ، ސަރުކާރަކުން އެ ބުރައެއް ހިފައިގެނެއް މި ހުޅުމާލޭގައި އެކަން ކުރެވޭކަން ނެތް." ހުޅުމާލެ ތަރައްގީ ކުރުމަށް ނަގާފައިވާ ދަރަނީގެ އިންތްރަސްޓް އަމިއްލަ މީހުންގެ ޖީބުން ދައްކާ ގޮތަށް ހަދައިގެން ނޫނީ ދަރަނި ނުދެއްކޭނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު