ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމްރްހޫމް އުމަރު ޒާހިރުގެ ޖަނާޒާގެ ކަންކަން ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ވަސިއްޔަތް ކުރެއްވި ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް އާއިލާއިން މިރޭ ދޮގުކޮށްފިއެެވެ.
ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލާ ގަލޮޅު ސަހަރާގެ ބަދަލުގައި "އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން" އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމަށް، އެ މަނިކުފާނުގެ ގާތް އެކުވެރިޔާ އަބްދުލް ހަމީދު އަލީ (މުނިސިޕަލްޓީ ހަމީދު) އާ ހަވާލާދީ ބައެއް މީޑިޔާތަކުން އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާ ގުޅިގެން އުމަރު ޒާހިރުގެ ހުންނެވި ހަމައެކަނި ދަރިކަނބަލުން ފާތިމަތު ސާމިހާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ބައްޕަގެ ޖަނާޒާގެ ކަންތައް ވަކިގޮތަކަށް ގެންދިއުމަށް އެދި ވަޑައިގެން ވަޞިއްޔަތެއް ކުރައްވާފައި ނުވާއިރު، ވަކިގޮތަކަށް ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން ކަމަށްބުނެ ވަކިފަރާތަކުން ދައްކަމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަޤީގަތެއް އެކުލެވޭ ވާހަކަތަކެއް ކަމަކަށް ޢާއިލާއިން ނުދެކޭކަމަށެވެ.
"ބައްޕައަކީ އެތައްހާސް ބައެއްގެ ލޯތަބާއި އިޚްތިރާމް ލިބިފައިވާ ފަރާތަކަށްވެފައި، މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މިފަދަ ހަޤީގަތެއްނެތް ވާހަކަތައް އެއްވެސް ފަރާތަކުން ދެއްކެވުމަކީ ޢާއިލާއިން ވަރަށްހިތާމަ ކުރާކަމެކެވެ." އުމަރު ޒާހިރުގެ އާއިލާއިން ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ދިވެހި ދައުލަތުން އުމަރު ޒާހިރަށް އަރުވާފައިވާތީ، އެ މަނިކުފާނުގެ ޖަނާޒާގެ ކަންކަން ސަރުކާރުން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވަރަށް ހާއްސަ ކަމެއް ދެއްވައިގެން ކުރިއަށް ގެން ގޮސްފައިވާކަން އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
އުމަރުގެ ޒާހިރުގެ ހަށިކޮޅު ފަސްދާނުލާފައިވަނީ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައެވެ. އުމަރު ޒާހިރުގެ ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ދައުލަތުގެ ގިނަ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށެވެ.
އުމަރު ޒާހިރު އަވަހާރަވުމުން މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު