ވެށިފަހި މާލެ ޕްރޮގްރާމް އަލުން ފަށަން އެމްޑީޕީގެ މާލޭގެ ދާއިރާތަކުން ފާސްކޮށްފިއެެވެ.
މާލޭގެ ދާއިރާތަކާއި ގޮފިތަކުގެ ރައީސުންނާ އަދި މެމްބަރުންނާއެކު ކުރީގެ ރައީސް، މުހަންމަދު ނަޝީދު މިއަދު ހަވީރު ވަނީ ބައްދަލުވުމެއް ބާއްވަވާފައެެވެ. މާލެއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން، އަދި އެކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭއްވި އެބައްދަލުވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ގަރާރެެއް ހުށައަޅާފައެވެ.
ވެށިފަހި މާލެ ޕްރޮގްރާމް އަލުން ހިންގަން ފެށުމަށް އާޒިމް ހުށައެޅުއްވި ގަރާރު ފާސްކުރުމަށް މާލޭގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި ގޮފިތަކުން ވަނީ އެއްބަސްވެފައެެވެ. އެގޮތުން އާޒިމް ހުށައެޅުއްވި ގަރާރުގައިވަނީ މާލެއިން ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް މާލެ ސަރަހައްދުން ބިންކޮޅެއް ދިނުމަށް ހުށައަޅާފައެެވެ. އަދި ހުޅުމާލެއާއި މާލެ ސަރަހައްދުން އެހެން ހިސާބުތަކުން ގޯތި ކަނޑާފައި ބިން ދިނުމުގެ މަސައްކަތް ކުރުމަށް ގަރާރުގައިވެއެވެ.
މި މަސައްކަތް ކުރިއަށްދިިޔަނަމަވެސް އެކި ހައުސިންގ ސްކީމްތަކުގެ ތެރެއިން، ފްލެޓް އެޅުމުގެ މަސައްކަތް ކުރުމާއި ފެލްޓްތަކާއި ގޯތިތައް ހައްގުވާ ފަރާތްތައް ކަނޑައަޅައި، ވަކި ކްރައިޓީރިއާއެއްގެ ދަށުން އެތަންތަނަށް ކުރިމަތިލުމަށް ހުޅުވާލުން އަވަސްކުރުމަށްވެސް އާޒިމް ހުށައެޅުއްވި ގަރާރުގައި ބުނެފައިވެއެެވެ. މިކަމުގައި ސަރުކާރާއި މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން، އެ ދެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަކަށް ކޮށްދިނުމަށް އާޒިމް ވަނީ ހުށައަޅުއްވާފައެެވެ.
މި ގަރާރު ފާސްވުމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެގަރާރު ތަންފީޒު ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަަށެވެ. ބޯހިޔާވަހިކަމުގެ މި ސިޔާސަތު ތަންފީޒުކުރަން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަދި އެމަގަށް ރައީސުލްޖުމުހޫރިއްޔާ މަސައްކަތް ކުރައްވާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން. އަޅުގަނޑު ފައްފަށުން ދަންނަވާލާނީ މާލޭގެ ރައްޔިތުންނަށް ވެސް އަދި އެންމެހާ ބޭފުޅުންނަށްވެސް ކަންބޮޑުވެ ނުލައްވާށޭ ހާސް ކަނޑާލާށޭ! އަޅުގަނޑުމެން އެބަ ތިބީމޭ." ރައްޔިތުންނަށް އުއްމީދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެެ.

Party ge Raees, Raees @MohamedNasheed baiverive vadaigannavaa Malé City ge bahdhaluvun Sultan Park ga kuriah dhanee pic.twitter.com/yU1z0cgVQr
— MDP Secretariat (@MDPSecretariat) December 21, 2021
މި ގަރާރު ފާސްވުމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެގަރާރު ތަންފީޒު ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަަށެވެ. ބޯހިޔާވަހިކަމުގެ މި ސިޔާސަތު ތަންފީޒުކުރަން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަދި އެމަގަށް ރައީސުލްޖުމުހޫރިއްޔާ މަސައްކަތް ކުރައްވާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން. އަޅުގަނޑު ފައްފަށުން ދަންނަވާލާނީ މާލޭގެ ރައްޔިތުންނަށް ވެސް އަދި އެންމެހާ ބޭފުޅުންނަށްވެސް ކަންބޮޑުވެ ނުލައްވާށޭ ހާސް ކަނޑާލާށޭ! އަޅުގަނޑުމެން އެބަ ތިބީމޭ." ރައްޔިތުންނަށް އުއްމީދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު