އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން އިސްވެ ހުންނަވާ އިންޑިޔާ އައުޓް ކެމްޕޭނަށް ސަރުކާރުން ދެން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑީޔާ، ޕީއެސްއެމްގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ، އިންޑިޔާ އައުޓް ކެމްޕޭނަށް ސަރުކާރުން މީގެ ކުރިން ފުރުސަތު ދިން ކަމަށާއި އެހެން ނަމަވެސް މީގެ ފަހުން އިންޑިޔާ އައުޓް ކެމްޕޭންގެ ހަރަކާތްތައް ހިންގުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށެވެ. ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލައި ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔުމުން ސަރުކާރުން އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ނަމުގައި، ސިޔާސީ ޕާޓީތަކުގެ ވެރިންގެ ގޮތުގައި އަދި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން އަވައްޓެރި ގައުމުތަކާއި، ރާއްޖެއާއި އެންމެ ކުރިންވެސް ގާތް ގުޅުމެއް އޮންނަ ދިވެހިންގެ ޒަރޫރީ އަސާސީ ކަންތައްތައް ފުއްދަމުން ގެންދާ އިންޑިޔާއާއި ޒާތީ ގޮތުން ޖައްސާލައިގެން ވަރަށް ނާތަހުޒީބު އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށެވެ.
"ނުވިތާކަށް ރަށްރަށުގައި ތިބި ފަތުރުވެރިން އޭގެ ތެރެއަށް ވައްދައިގެން ޓީޝާޓް ލައްވައިގެން އެ އުޅެނީ އެކަމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން." ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން، ޖީއެމްއާރް އައުޓްގެ ނަމުގައި ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާއާއި ދެކޮޅަށް ބޮޑު ކެމްޕޭނެއް އިސްވެ ހިންގި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މަތީ މަގާމެއްގައި ހުންނެވި އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ މި ސަރުކާރުގައި އެެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ދީފައިވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަލީ ޒާހިރު ވިދާޅުވީ އިދިކޮޅުން ހިންގާ އިންޑިޔާއާއި ދެކޮޅު ކެމްޕޭނާއި ގުޅިގެން އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށެވެ. އިދިކޮޅުން ހިންގާ ކެމްޕޭނާއި ގުޅިގެން އިންޑިޔާއާއި ދެމެދު އޮތް ގުޅުމަށް ބުރުލެއް ނާރާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ، އިދިކޮޅުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭނަކީ ސަރުކާރުން ބޭރުގައުމަކަށް ވިކިގެން ހިންގާ ކެމްޕޭނެއް ނޫން ކަމަށެވެ. އެއީ ސިޔާސީ ގޮތުން މިއަދު ކިޔާނެ އެއްޗެއް ނެތުމުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތައް ހަޖަމު ނުކުރެވިގެން އާ ވާހަކައެއް ދެއްކުމުގެ ގޮތުން ދައްކާ ވާހަކައެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު