"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް"ގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

"ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތަކީ ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ގާއިމްކުރެވޭ ހިދުމަތެކެވެ.



ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް "ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ހިދުމަތް ގާއިމްކުރުމަށް ނިންމާފައިވާއިރު، އިޤުތިޞާދީ ވުޒާރާއާއި އެ ވުޒާރާއާ ގުޅިފައިވާ އިދާރާތަކާއި ކުންފުނިތައް އެއް ވިއުގައަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫޢެއްވެސް މީގެކުރިން ސަރުކާރުން ފެށިއެވެ. ނަމަވެސް އެމަސައްކަތް ވަނީ މިވަގުތަށް ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު