މިދިޔަ ހަފުތާ ބަންދުން ފެށިގެން މެލޭޝިޔާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފުތާ ބަންދުން ފެށިގެން މެލޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސެލެންގޯއަށެވެ. އެ ސުޓޭޓުން ވަނީ 17 މީހުން މަރުވެފައެވެ.
މެލޭޝިޔާއަށް ކުރިމަތިވެގެން އުޅޭ ކާރިސާއާ ގުޅިގެން އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމާއި ހިތާމަ ފާޅުކުރައްވައި، ގެއްލުންތައް ކުރިމަތިވި އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކަށް އުޅެމުންދާއިރު މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މެލޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި އިތުރަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު ވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާއީލު ޞަބްރީ ޔަޢުޤޫބުވަނީ އެ ޤައުމުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވެފައިވާކަމަށް ވިދާޅުވެ މަޢާފަށް އެދިވަޑައިގެންފައެވެ.
މެލޭޝިޔާގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 63000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި އެ ސަރަޙައްދުތަކުން ކަރަންޓާއި ފެނާއި މުވާސަލާތީ ގުޅުން ކެނޑި ދަތުރުފަތުރުކުރުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

Deeply saddened by the tragic loss of lives & devastation caused by the floods in several parts of #Malaysia. Condolences to the families of the victims & those affected.@MDVinMalaysia is in touch with & providing assistance to 🇲🇻 students & residents in 🇲🇾.@MalaysiaMFA
— Abdulla Shahid (@abdulla_shahid) December 21, 2021
މެލޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި އިތުރަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު ވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާއީލު ޞަބްރީ ޔަޢުޤޫބުވަނީ އެ ޤައުމުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވެފައިވާކަމަށް ވިދާޅުވެ މަޢާފަށް އެދިވަޑައިގެންފައެވެ.
މެލޭޝިޔާގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 63000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި އެ ސަރަޙައްދުތަކުން ކަރަންޓާއި ފެނާއި މުވާސަލާތީ ގުޅުން ކެނޑި ދަތުރުފަތުރުކުރުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު