ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަގްސަދުގައި ސަރުކާރުން ފެށި "މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް"ގައި އެއްލައްކަ މީހުން ބައިވެރިވެއްޖެއެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް އެއްލައްކަ މީހުން ބައިވެރިވެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާއިރު، މި ޕްރޮގްރާމް ފެށިތާ އަހަރު ދުވަސްވެސް އަދިނުވެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް ލައްކައެއްހާ މީހުން ބައިވެރިފައިވާ ކަމަށާއި މިއީ މިއަހަރަށް ކަނޑައެޅި ލަނޑުދަނޑިއަށްވުރެ އެތައްގުނައެއް އިތުރު ޢަދަދެއްކަމަށެވެ.



މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒްއަށް ދީފައިވާ ނަމަކީ "އައިދަ"އެވެ. ސިލްވަރަށް "އަންތަރަ" ކިޔާއިރު ގޯލްޑަށް ކިޔަނީ "އަބާރަނަ"އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.



ކިޔުންތެރިންގެ ހިޔާލު