ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެރިޓައިމް ސަރވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި
ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް މިއަދު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި، އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.
މި މަސައްކަތުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1,200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގައު ޖެއްސުމާއި، 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތާއި، ވައު އައްސާ މޫރިންގ ބޮލަރޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 4.59 މިލިޔަން ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަހުގެ ތެރޭގައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

MTCC has signed an agreement with @MNUedu to establish a Maritime Survival Center. The value of the project is MVR 4.59 million and the project is to be completed within 210 days.#MTCCProjects #RayyithungeKunfuni pic.twitter.com/X4rsm334XB
— MTCC Plc (@MTCCPlc) December 22, 2021
މި މަސައްކަތުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1,200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގައު ޖެއްސުމާއި، 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތާއި، ވައު އައްސާ މޫރިންގ ބޮލަރޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 4.59 މިލިޔަން ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަހުގެ ތެރޭގައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު