ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދަށް ލިބިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން އެޕާޓީން ހުޅުވާލި ފުރުސަތު މިއަދު ވަނީ ހަމަވެފައެެވެ. ޕްރައިމަރީގައި ވާދަކުރުމަށް އެމްޑީޕީން ހުޅުވާލި ފުރުސަތުގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދު އެކަނި ކަމަށްވާތީ އެޕާޓީގެ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.
ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި ފުރުސަތު ހަމަވީ މިއަދު ހަވީރު 4:00 އަށް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
އެމްޑީޕީގެ ޓިކެޓް ލިބުނު ރާޝިދަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ކުރެއްވި ކައުންސިލަރެވެ. އަދި އޭނާ އަކީ މިހާރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮމަށްޑޫ ދާއިރާގެ ނައިބުރައީސްކަން ކުރައްވަނީވެސް ރާޝިދެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ޝައުގުވެރިކަން އިދިކޮޅު ޕީޕީއެމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ފާޅުކޮށްފައެވެ. އެހެން ނަމަވެސް އެ ދެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން އަދި ހާމަކޮށްފައެއް ނުވެއެވެެ.
ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެެ. އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިއްމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެެވެ.

ކިޔުންތެރިންގެ ހިޔާލު