ވިލިމާލެ ކައިރީގައި ލޯންްޗަކާއި ޑިންގީއެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ވިލިމާލެ ދެކުނު ފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހިގެން އެކްސިޑެންޓް ވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 18:50 ހާއިރުއެވެ.

ފުލުހުން އެ ސަރަހައްދުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެެވެ. މި ހާދިސާގައި އެކްސިޑެންޓްވި ޑިިންގީ މިހާރު ވަނީ އަޑިއަށް ގޮސްފައެެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު