އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން ހިންގަން ދޭ، ފޮރިން މިނިސްޓްރީ ހިންގި އިމާރާތް އެސްކޫލާ ހަވާލުކުރާނީ އެއިމާރާތުގެ ކުލާސްރޫމްތައް ހެދުމަށްފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެއެެވެ.
އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މިހާރު ވަނީ އެކަން އަރަބިއްޔާގެ ޕީޓީއޭގެ މެމްބަރުންނަށް އަންގާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ އަރަބިއްޔާއަށް ދޭ ބިން ހަވާލުކުރާނީ ކްލާސް ރޫމް ފަދަ ތަންތަން ވެސް ހަދައިދިނުމަށްފަހު ކަމަށެވެ.
"އަދި އެ ސުކޫލް ހިންގޭވަރަށް އެ އިމާރާތުގެ ކަންކަން ސަރުކާރުން އިންތިޒާމް ކޮށްދެއްވަން ރައީސް ވަނީ ނިންމަވާފަ." މަބުރޫކް ވިދާޅުވިއެވެ.
2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކުރި އެއިމާރާތް ބޭނުންކުރަންފެށީ 2013 ވަނަ އަހަރުއެވެ. އެ އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އެމަައްސަލައިގައި އަރަބިއްޔާގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު