އަރަބި އިސްލާމީ ތަޢުލީމު ރާއްޖެއަށް ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއާ ބައްދަލު ކުރެއްވުމަށްފަހުގައެވެ. ރައީސް މައުމޫން ވިދާޅުވީ އެ ސްކޫލްގެ ޕީޓީއޭއާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި އެ ސްކޫލަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅަމުންގެންދާ ކަމަށް އެބޭފުޅުން ހާމަކުރެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.



"އެކަމާ އަޅުގަނޑު އުފާކުރަން. އަރަބި އިސްލާމީ ތަޢުލީމު ރާއްޖެއަށް ވަރަށް މުހިންމު." ރާއްޖޭގެމަަި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވި އެވެ.

އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން ހިންގަން ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ހަމަޖެއްސުމަށް ރައީސް ސޯލިހް ވަނީ ނިއްމަވާފައެވެ. އެ އިމާރާތް އަރަބިއްޔާ ސުކޫލާ ހަވާލުކުރަން ނިއްމައިފައިވަނީ ކްލާސްރޫމާއި އެހެނިހެން ވަސީލަތްތަށް ވެސް ގާއިމްކުރުމަށްފަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު