އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޯވިޑަށް ޕޯޒިޓިވް ވެއްޖެއެވެ.
އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިްވިކަން އެނގިވަޑައިގަތީ އިއްޔެކަމަށެވެ. އަދި ބަލީގެ އަސަރުކުޑަކޮށް ފެންނަ ކަމަށާއި މި ވަގުތު ގޭގައި އެކަހެރިވެ ހުންނެވިކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ކޯވިޑަށް ޕޮޒިޓްވެފައިވަނީ، ކޯވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކުރައްވައި އަދި ބޫސްޓަރ ޑޯޒްވެސް މިދިޔަ ހަފުތާގައި ޖައްސަވާފައި ވަނިކޮށެވެ.
އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑަގަތުމަށްފަހު ޢަބްދުﷲ ޝާހިދު ގެންދަވަނީ ކޯވިޑުން އަރައިގަތުމަށް ހުރިހާ ޤައުމަތަކުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވާ އެކަމަށް މަސައްކަތްކޮށްދެއްވަމުންނެވެ. އަދި ކޯވިޑްގެ ވެކްސިންވެސް ވަކި އާބާދީއަކަށް ބެލުމެންނެތި ހުރިހާ ޤައުމަކަށް ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އެކަމަށް އެމަނިކުފާނު ގެންދަވަނީ ވަކާލާތުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު