ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ހާލަތަކަށްވެސް ޕީޕީއެމް/ ޕީއެންސީ އޮތީ ފުރިހަމައަށް ތައްޔާރުވެގެންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުުރުމާއި ގުޅޭގޮތުން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު މިހާތަނަށް ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއް އަތުވެއްޖެނަމަ ޕީޕީއެމުން ނެރޭ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ 2023 އަށް ޕީޕީއެމުން ތައްޔާރުކުރާ މެނިފެސްޓޯވެސް ތައްޔާރުކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިންތިހާބުގައި ވާދަކުރަށްވާނަމަ ވާދަވެރިންނަށް އުދަގޫވާނެ ކަަމަށާއި ނިމިގެންދިޔަ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ގެއްލުވާލީވެސް ޖަރީމާތަކެއްގެ ތެރެއިންކަމަށެވެ.
"އެމީހުންނަށް އުނދަގޫ ކޮށްލަން ނަމަވެސް ނުކުންނަންޖެހޭ ކަންނޭނގެ. އެކަމަކު ވެސް އަދިވެސް އަޅުގަނޑަކަށް ގޮތެއް ނުނިންމޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ވެރިކަމާއި ދެން ހަވާލުވާ ބައެއްގެ ފުރަތަމަ 3 އަހަރު ދާނީ މިސަރުކާރުން ހާވާފައިވާ ހަޑިތައް ފިލުވަންކަމަށެވެ. އަދި އެއީ މީގެކުރިން އެމްޑީޕީ ވެރިކަމުން ފޭބީމަވެސް ކަންކަން ކުރަންޖެހުނު ގޮތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި މެދު ރައީސް ޔާމީން އަދި ގޮތެއް ނިންމަވާފައިނުވާއިރު، އެމަނިކުފާނަކުގެ މައްސަލަތަކެއް ކޯޓުތަކުގައި ދަނީ މިހާރުވެސް ހިންގަމުންނެވެ. އަދި އޭގެތެރެއިން މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް އައިސްފިނަމަ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު