އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން އުސޫލާއި ހިލާފަށް އަމަލުކުރާކަމަށް ބުނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްލަވަން އުޅުއްވަނީ އަސާސެއް ނެތް މައްސަލައެއްކަމަށް އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ތުހުމަތުކުރާ މައްސަލަ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމާއި ގުޅިގެނެވެ.
އޭސީސީގެ މެމްބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ތުހުމަތުކޮށް އެ މައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅީ އެ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ 3 މެމްބަރެކެވެ.
އޭސީސީގެ މެމްބަރުންނަށް ތުހުމަތުކުރާ މައްސަލައިގެ ތަފްސީލެއް ކޮމިޓީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް "ރަސް އޮންލައިން"ނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީއަށް ހުށަހަޅާފައިވަނީ އޭސީސީން ގަނޑުކޮށް މައްސަލަތަކެއް ތަހުގީގްކުރަން ފެށި މައްސަލައެކެވެ.
މިކަމާއި ގުޅިގެން އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ އެއީ ހަގީގަތެއް ނެތް އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށެވެ. އަދި ގަނޑުކޮށް މައްސަލަ ބަލަން އުޅޭވާހަކައަކީ ދޮގެއް ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
އޭސީސީގެ މެމްބަރުންނާއި ދެކޮޅަށް ހުށަހަޅާފައިވާ، އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ތުހުމަތުކުރާ މައްސަލައިގައި ރޭ ކޮމިޓީ ބައްދަލުވުމެއްވެސް ބޭއްވިއެވެ.
އެކޮމިޓީގައި ވާހަކަދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ނިންމާފައި ވަނިކޮށް ބައެއް ވަޒީރުންގެ ކޮރަޕްޝަންގެ މައްސަލަތަކެއް އުސޫލާ ހިލާފަށް ތަހުގީގު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
އެކަންކަން އެހެން ހިނގަމުން އަންނާތީ ޝަމީމް ވަނީ އޭސީސީގެ މެމްބަރުން އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް އަންގައި ކޮމެޓީގެ ސިޓީއެއް ކޮމިޝަނަށް ފޮނުވުމަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ރޭގެ ޖަލްސާގައި ނުވަ މެމްބަރުން ވަޑައިގެންނެވިއިރު، މި ހުށަހެޅުމަށް ތާއީދު ކޮށްފައިވަނީ ހަތަރު މެމްބަރުންނެވެ.
އޭސީސީގެ އިތުރު މައްސަލައެއް ކޮމިޓީން ބަލަން ފަށާފައިވާއިރު، އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މިހާރުވެސް އެކޮމިޓީގައި ދަނީ ކުރިއަށެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.
އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިޢުލާނު ކުރުމަށްފަހު އެކަމާއި ގުޅޭ ރަސްމީ މަސައްކަތްތައް ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ދީފައެވެ.
5 މެމްބަރުން ތިއްބަވާ އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ. މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފެށުމާއެކު ކޮމިޝަންގެ ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު