ފިނިޝިންގ ނުނިމުނަސް ހިޔާ ފްލެޓްތަކުގެ ކުލި އަންނަމަހުން ފެށިގެން ދައްކަން އެޗްޑީސީން އަންގައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމަން ދީފައިވާ މުއްދަތުގައި ކުލި ނުނެގުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. އަދި އެކަމަށް ދިން ހަތަރު މަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.
އެޗްޑީސީން ބުނީ ފިނިޝިންގ މަސައްކަތް ނިންމަން ދިން މުއްދަތު އިތުރުކުރުމަށް ސަރުކާރާއެކު ކުރި މަޝްވަރާތަކުން މުއްދަތު އިތުރުކުރުމަށް ސަރުކާރުން އެއްބަސްވެފައި ނުވާކަމަށެވެ. އެހެންކަމުން އަންނަ ޖެނުއަރީމަހުން ފެށިގެން ހިޔާ ފްލެޓްތަކަށް ކުލި ދައްކަންޖެހޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި 5500 ރުފިޔާގެ ކުއްޔެއް ނަގަން ނިންމާފައި އޮތްނަމަވެސް، މި ސަރުކާރުން ވަނީ ހިޔާ ފްލެޓްގެ ކުލި 8500 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މި ކުލި ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ސަރުކާރުން ވަނީ ކުލި ކުޑަކޮށްދޭން ދެކޮޅު ހަދާފައެވެ. ސަރުކާރުން ބުނާގޮތުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްފިނަމަ ދައުލަތަށް މާލީގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވާނެއެވެ. ނަމަވެސް ޕީޕީއެމްއިން އެންމެފަހުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު