ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ އިތުރު ދައުވާތަކެއްގެ ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި ފެށުމަށް ތައްޔާރުވަމުން ދަނީ ރައީސް ޔާމީންގެ މައްޗަށް ކުރީގެ މެންބަރު ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާއި ރައީސް ޔާމިނާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުންތަކެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހަށް ކަމަށެވެ. އަދި އެދުވަހު އޮންނާނީ ޔާމީންގެ މައްޗަށް ކުރާ ދައުވާތައް ސާފުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. މިމައްސަލައިގައި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އައު ދައުވާއެއް އުފުލާފައިވާއިރު، މީގެކުރިން 2019 ވަނަ އަހަރު އެމަނިކުފާނުގެ މައްޗަށް ގއ. ވޮޑަމުއްލާ މައްސަލައިގައި އިއްވި 5 އަހަރުގެ ޖަލު ހުކުމް މިދިޔަމަހު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އާރަށުގެ މައްސަލަ ކޯޓަށް ވައްދާފައިވާއިރު، ފުއްގިރި ނަމަކަށް ކިޔާ ރަށެއްގެ މައްސަލަވެސް އޮތީ ކޯޓުގައެވެ. އެމަމައްސަލާގައިވެސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަރުގަދަކުރަމުންނެވެ. އަދި ސަރުކާރުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ޖަލަށް ދާންޖެހުނުނަމަވެސް، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ހުއްޓާނުލައްވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު