މިދިޔަ އޮކްޓޫބަރުމަހު ފުލުހުން ހޯދި 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އޮކްޓޯބަރ 15 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ވަނީ 215 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ.
ޕީޖީ އޮފީހުން ބުނީ މި ދެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހު ރ. މަޑުއްވަރީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.
މި ދެ މީހުންގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ އަލީ ޝާކިރުގެ މައްޗަށް ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވެއެވެ.
މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު ހައްޔަރުކުރި މި ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު