އަވައްޓެރި އިންޑިއާއާއެކު ސަރުކާރު އޮތީ "ކަނޑުމަތި" އަޅާފައި ކަމަށާއި، އެއިން ނެއްޓޭނެ ގޮތެއް ސަރުކާރަށް ނެތް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ، އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިޔާ އައުޓް ކެމްޕޭންގައި ފ. އަތޮޅު ނިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، އިންޑިއާ ދޫކޮށްލަމާފައި އެއްވެސް ކަމެއް މިސަރުކާރަށް ކުރެވެން ނެތް ކަމަށެވެ. އިންޑިއާއެކު ރާއްޖެއިން ގާއިމު ކުރި އެއްބަސްވުންތައް ލިބޭ ދުވަހު ރައްޔިތުން މަގުތައް މައްޗަށް ނުކުންނާނެ ކަމަށާއި މި އެއްބަސްވުންތަކުގައި ރައްޔިތުންގެ ހައްގުތައް ދޫކޮށްލާފައިވާ ކަމަށް ރައީސް ޔާމިިން ވިދާޅުވިއެވެ. އަދި މި އެއްބަސްވުންތަކުގައި މައްސަލަ އެއް ޖެހޭ ކޮންމެ ފަހަރަކު އެކަމުގައި ގޮތް ނިންމާނީ އިންޑިއާގެ ކޯޓަކުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ އިންޑިޔާއިން ފިޔާ އަލުވި ފަދަ ތަކެތި ގެންނަނީ ހިލޭ ނޫން ކަމަށާއި، އެއީ ލާރި ދީގެން ގެންނަ އެއްޗެހި ކަމަށެވެ. އިންޑިއާއިން ކާޑު އެތެރެކުރުމުގެ ކުރިން ބަރުމާއިން ކާޑުގެ ބާވަތްތަށް އެތެރެކުރި ކަމަށާއި އަދި ހަކުރާ ފުށް އެތެރެކުރީ ޔޫރަޕް ގައުމުތަކުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.
"އަޅުގަނޑުމެން ނުވިސްނަމާ ހިގާ ގޮތް ހުސްވެދާނެ ކަމަށް، އަޅުގަނޑުމެން އުޅޭނެ ގޮތް ހޯދާނަން، ރާއްޖެއަކީ މުއްސަނދި ދައުލަތެއް، ރާއްޖޭގައި ވަސީލަތްތަށް އެބަހުރި. ލާރި ހޯދަން، އަޅުގަނޑުމެން މިއުޅެނީ ލާރި ނުލިބިގެނެއް ނޫން، ޓޫރިޒަމްގައި އެބައުޅޭ އަޅުގަނޑުމެންގެ މީހުން އަމިއްލަ ވިޔަފާރީގައި ދުނިޔޭގެ އެކި ހިސާބުތަކުން މީހުން އެބައުޅޭ، ކޮންކަމަކާތޯ އެހާ ބިރުން މިއުޅެނީ" ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން އިންޑިއާއާއި އެ ޤައުމުގެ ވާދަވެރިންގެ މެދުގައި ގުޅަކުޅޭ ފަސްގަނޑަކަށް ދިވެހިރާއްޖެ ނުހެދޭނެ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ ކުރިމަތިވަމުން އަންނަނީ ރަށްތަކަށް ސިޔާސީ ލީޑަރުން ވަޑައިގަންނަވާ ދުވަސްވަރު ކަމަށެވެ. އެ ބޭފުޅުން ނިލަންދޫއަށް ވަޑައިގަތުމުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބިއިރު އަދި އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވިއިރު ވެސް އެ ކަމުގައި އެ ބޭފުޅުން ބަސްފުޅެއް ވިދާޅުނުވި ސަބަބާމެދު ސުވާލުކުރުމުން އެކަށީގެންވާ ހިތްހަމަޖެހޭ ޖަވާބެއް ނުދެއްވައިފިނަމަ "ސައްޕެއް" ޖަހައި ސިޔާސީ މަސައްކަތުން ބޭރުކޮށްލުމަށްވެސް ރައީސް ޔާމިން ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމިން ނިލަންދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މީގެ އިތުރުން އެރަށުގައި ބޭއްވި އިންޑިޔާ އައުޓް ރެލީގައި ވެސް ރައީސް ޔާމިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރޭ ނިލަންދޫގައި ޕީޕިއެމްގެ ހާއްސަ ޖަލްސާ އެއް ބޭއްވުމަށް ވެސް ވަނީ ނިއްމާފައެެވެ.
ރައީސް ޔާމިން އިންޑިއާ އައުޓް ކެމްޕޭނަށް ނިލަންދޫއަށް ވަޑައިގެން އެހަރަކާތް ކުރިއަށް ގެންދެވިއިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދާދިފަހުން ވަނީ އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ހިންގާ އިންޑިއާ އައުޓް ކެމްޕޭން ދެން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ އިދިކޮޅަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ.
އަލީ ޒާހިރުގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފުލުހުން ނެރެގެން ވެސް އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާ ފައެވެ.

President Yameen launches #IndiaOut campaign in F. Nilandhoo #HEisBack pic.twitter.com/Lr99suiLKR
— Progressive Party of Maldives (@ProgressPartyMV) December 23, 2021
ރައީސް ޔާމިން ވިދާޅުވީ އިންޑިޔާއިން ފިޔާ އަލުވި ފަދަ ތަކެތި ގެންނަނީ ހިލޭ ނޫން ކަމަށާއި، އެއީ ލާރި ދީގެން ގެންނަ އެއްޗެހި ކަމަށެވެ. އިންޑިއާއިން ކާޑު އެތެރެކުރުމުގެ ކުރިން ބަރުމާއިން ކާޑުގެ ބާވަތްތަށް އެތެރެކުރި ކަމަށާއި އަދި ހަކުރާ ފުށް އެތެރެކުރީ ޔޫރަޕް ގައުމުތަކުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.
"އަޅުގަނޑުމެން ނުވިސްނަމާ ހިގާ ގޮތް ހުސްވެދާނެ ކަމަށް، އަޅުގަނޑުމެން އުޅޭނެ ގޮތް ހޯދާނަން، ރާއްޖެއަކީ މުއްސަނދި ދައުލަތެއް، ރާއްޖޭގައި ވަސީލަތްތަށް އެބަހުރި. ލާރި ހޯދަން، އަޅުގަނޑުމެން މިއުޅެނީ ލާރި ނުލިބިގެނެއް ނޫން، ޓޫރިޒަމްގައި އެބައުޅޭ އަޅުގަނޑުމެންގެ މީހުން އަމިއްލަ ވިޔަފާރީގައި ދުނިޔޭގެ އެކި ހިސާބުތަކުން މީހުން އެބައުޅޭ، ކޮންކަމަކާތޯ އެހާ ބިރުން މިއުޅެނީ" ރައީސް ޔާމިން ވިދާޅުވިއެވެ.
President Yameen launches #IndiaOut campaign in F. Nilandhoo #HEisBack pic.twitter.com/WceatEn94O
— Progressive Party of Maldives (@ProgressPartyMV) December 23, 2021
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން އިންޑިއާއާއި އެ ޤައުމުގެ ވާދަވެރިންގެ މެދުގައި ގުޅަކުޅޭ ފަސްގަނޑަކަށް ދިވެހިރާއްޖެ ނުހެދޭނެ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ ކުރިމަތިވަމުން އަންނަނީ ރަށްތަކަށް ސިޔާސީ ލީޑަރުން ވަޑައިގަންނަވާ ދުވަސްވަރު ކަމަށެވެ. އެ ބޭފުޅުން ނިލަންދޫއަށް ވަޑައިގަތުމުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބިއިރު އަދި އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވިއިރު ވެސް އެ ކަމުގައި އެ ބޭފުޅުން ބަސްފުޅެއް ވިދާޅުނުވި ސަބަބާމެދު ސުވާލުކުރުމުން އެކަށީގެންވާ ހިތްހަމަޖެހޭ ޖަވާބެއް ނުދެއްވައިފިނަމަ "ސައްޕެއް" ޖަހައި ސިޔާސީ މަސައްކަތުން ބޭރުކޮށްލުމަށްވެސް ރައީސް ޔާމިން ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމިން ނިލަންދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މީގެ އިތުރުން އެރަށުގައި ބޭއްވި އިންޑިޔާ އައުޓް ރެލީގައި ވެސް ރައީސް ޔާމިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރޭ ނިލަންދޫގައި ޕީޕިއެމްގެ ހާއްސަ ޖަލްސާ އެއް ބޭއްވުމަށް ވެސް ވަނީ ނިއްމާފައެެވެ.
ރައީސް ޔާމިން އިންޑިއާ އައުޓް ކެމްޕޭނަށް ނިލަންދޫއަށް ވަޑައިގެން އެހަރަކާތް ކުރިއަށް ގެންދެވިއިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދާދިފަހުން ވަނީ އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ހިންގާ އިންޑިއާ އައުޓް ކެމްޕޭން ދެން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ އިދިކޮޅަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ.
އަލީ ޒާހިރުގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފުލުހުން ނެރެގެން ވެސް އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާ ފައެވެ.
ކިޔުންތެރިންގެ ހިޔާލު