އަމިއްލަ ޖާހަށްޓަކައި ގަބޫލު ކުރާ އުސޫލުތައް ވިއްކާނުލުމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއަށް ގޮވާލައްވައިފިއެވެ.
އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިިގަންނަވާ ޑރ. މުހަންމަދު ޝަހީމް މިހެން ވިދާޅުވީ، އިންޑިއާއާއެކު ވެފައިވާ އުތުރުތިޅަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދެއްކެވި ވާހަަކަތަކަށް ރައްދު ދެއްވަމުންނެވެ.
އަދާލަތު ޕާޓީގެ މެމްބަރު އަލީ ޒާހިރު ވިދާޅުވެފައިވަނީ އުތުރުތިޅަފަޅުގެ އެއްބަސްވުން ފެށިގެން އައީ 2013 ވަނަ އަހަރު ކަމަށާއި، އެއީ ކޯސްޓްގާޑާއި ޒަރޫރަތާ ބޭނުންތެރިކަން އޮތް ކަމެއް ކަމަށެވެ. އަލީ ޒާހިރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވަނީ ބޮލުގައި ފޮތި ބަދެގެން އެއްގަމާއި ކަނޑުގައި މުޒާހަރާކޮށް ޖީއެމްއާރު ބޭރުކުރަން އަދާލަތު ޕާޓީން މަސައްކަތްކުރީ އެތަން ތަރައްގީ ވެދާނެތީތޯއޭ، ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
މާތްﷲއަށް ބިރުވެތިވުމަށް ޑރ. ޝަހީމް ވަނީ އަދާލަތު ޕާޓީއަށް ގޮވާލައްވާފައެވެ.
"ޖާހާއި މަންސިބައްޓަކައި ތިމާމެންގެ އުސޫލުތައް ވިއްކާ ނުލާށެެވެ." އަދާލަތު ޕާޓީއަށް ނަސޭހަތް ދެެއްވަމުން އެޕާޓީގަައި ކުރިން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު ވެލާާނާ އިންޓަނޭޝަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުނި އަތުން އަތުލުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ރައީސްކަން ކުރައްވާ އަދާލާތު ޕާޓީގެ އިސްބޭފުޅުންނެެވެ.
އެގޮތުން ޖީއެމްއާރާއި ދެކޮޅަށް އެއްގަމާއި ކަނޑުމަތީގައި މުޒާހަރާއާއި އެއްވުންތައް ބާއްވައި ސަރުކާރަށް ކުރި ޕްރެޝަރާއި ފިއްތުންތަކާއެކު ރައީސް ވަހީދުގެ ސަރުކާރުން ވަނީ އެއާޕޯޓް އެއްބަސްވުން ބާތިލްކޮށް ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލާފައެވެ.

Ehenveemaa AP GMR beyrukuran boluga fothi bandhdhegen ehgamaai kandugai muzaahiraa kuree ethan tharaqee vedhaanethee dho! Maai Allah biruvethi vaasheve. Jaahai mansibahttakai thimaamen ge usool thah vikkaa nulaasheve. https://t.co/iydMfbgFqC
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 23, 2021
"ޖާހާއި މަންސިބައްޓަކައި ތިމާމެންގެ އުސޫލުތައް ވިއްކާ ނުލާށެެވެ." އަދާލަތު ޕާޓީއަށް ނަސޭހަތް ދެެއްވަމުން އެޕާޓީގަައި ކުރިން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު ވެލާާނާ އިންޓަނޭޝަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުނި އަތުން އަތުލުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ރައީސްކަން ކުރައްވާ އަދާލާތު ޕާޓީގެ އިސްބޭފުޅުންނެެވެ.
އެގޮތުން ޖީއެމްއާރާއި ދެކޮޅަށް އެއްގަމާއި ކަނޑުމަތީގައި މުޒާހަރާއާއި އެއްވުންތައް ބާއްވައި ސަރުކާރަށް ކުރި ޕްރެޝަރާއި ފިއްތުންތަކާއެކު ރައީސް ވަހީދުގެ ސަރުކާރުން ވަނީ އެއާޕޯޓް އެއްބަސްވުން ބާތިލްކޮށް ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލާފައެވެ.
ކިޔުންތެރިންގެ ހިޔާލު