30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުފަހަރު ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ މީހާ ސީޓްބެލްޓް އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ 01 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން، ސީޓްބެލްޓް އެޅުމަށް ޢާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ. އެގޮތަށް އަމަލު ކުރަން އަންގާފައިވަނީ އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދުގެ ދަށުން ކަމަށް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވެއެވެ.

މި ގަވާއިދުގައި ގަވާއިދާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާވާނެ ގޮތާއި، ޖޫރިމަނާ ކުރާ އަދަދުތައްވެސް ޓްރާންސްޕޯޓްގެ އިއުލާންގައި ހިމަނާފައިވެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މީގެ ކުރިން ވަނީ ހަތަރު ފުރޮޅުލީ އުޅަނދުގައި ދަތުރު ކުރާމީހުން ސީޓްބެލްޓު އެޅުމުގެ ކަންކަމާމެދު ވިސްނަވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ. 



ކިޔުންތެރިންގެ ހިޔާލު