ވާރޭފެން ނެގުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ޖައްވު ފުސްވަމުންދާތީއެވެ.
މެޓް އޮފިހުން ބުނީ މިދުވަސްވަރު އިންޑިއާގެ ހިމާލަޔަން ސަރަހައްދާއި ބޭ އޮފް ބެންގޯލް ހުރަސްކޮށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާކަމަށެވެ. މިކަން ފާހަގަކުރެވެނީ ޑިސެމްބަރުން ފެށިގެން މާޗު މަހުގެ ނިޔަލަށްކަމަށްވެސް މެޓްއޮފީހުން ބުނެއެވެ. އެހެންކަމުން ނޭވާލާ ނިޒާމްގެ ބަލިތައް ހުންނަ މީހުންނަށް މި ހިރަފުހުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެ ސިއްޙީ މައްސަލަތަކާ ކުރިމަތިވެދާނެތީ، ސަމާލުވެ ރައްކާތެރިވުމަށްވެސް އެއޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މީހުން މާސްކުއެޅުމަކީ މުހިންމު ކަމެއްކަމަށް ސިއްޙީ މާހިރުންނާ ހަވާލާދީ މެޓުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިއަހަރުގެ މިހާތަނަށް މިފުސްކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކ. ހުޅުލެއާ ހދ. ހަނިމާދޫ ގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޓްރީއަށް ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އެއޮފީހުން ބުނީ ޢާއްމުގޮތެއްގައި މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 ނުވަތަ 5 ކިލޯމީޓަރަށް ދަށްވެފައިކަމަށެވެ.

އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެއް އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފައެވެ. ބަނަފިނި (ހޭޒް) މެދުވެރިވާ ގޮތާއި، ގުޅުން ހުރި ރައްކާތެރިކަމުގެ ފިޔަވާޅުތަކަކީ؛ pic.twitter.com/ZGgqvD6OxC
— Maldives Meteorology (@MetMaldives) December 21, 2021
މެޓް އޮފީހުން ބުނީ މިއަހަރުގެ މިހާތަނަށް މިފުސްކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކ. ހުޅުލެއާ ހދ. ހަނިމާދޫ ގައި ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޓްރީއަށް ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އެއޮފީހުން ބުނީ ޢާއްމުގޮތެއްގައި މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 ނުވަތަ 5 ކިލޯމީޓަރަށް ދަށްވެފައިކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު