އިދާރީ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫމީދޫ ވަކިވުމާއި މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބަލަން ބޭނުންފުޅުވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ހުޅުދޫ މީދޫ އޮތުމުން އެރަށުގެ ކަންކަން ނިންމުމުގައި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ޖިއޮގްރަފީ ގޮތުން ހުޅުމީދޫއަކީ އައްޑޫ ސިޓީގެ ގުޅިފައިވާ އެހެން ރަށްތަކާއި ވަކިން އޮންނަ ރަށެކެވެ. ނަމަވެސް އިދާރީ ގޮތުން އެރަށަކީ އައްޑޫ ސިޓީ ކައުންސިލްގެ ބައެކެވެ. އެގޮތުން 13 މެމްބަރުން ހިމެނޭ އައްޑޫ ސިޓީ ކައުންސިލުގައި ހުޅުދޫ ދާއިރާއަށް 1 ގޮނޑި، މީދޫ ދާއިރާއަށް 1 ގޮނޑި ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހުޅުމީދޫއަށް 2 ގޮނޑި ލިބެއެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހުޅުމީދޫއަށް ރަށް ތަމްސީލްކުރާ 2 ގޮނޑި ލިބުނަސް، އެރަށަށް ބޭނުންވާ ކަންކަން ކައުންސިލް މެދުވެރިކޮށް ނިންމުމަށް ދަތިތަކެއް ހުރިކަމަށް އެ ރަށުގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ހުޅުމީދޫ އޮވެގެން އެ 2 ރަށުގެ ރައްޔިތުންނަށް ވަނީ ފައިދާ ތޯ ނުވަތަ ގެއްލުންތޯ މިއީ މިހާރު ވިސްނާ ބަހުސްކޮށް ހައްލު ހޯދަން ވެއްޖެ ކަމެއްކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ކޮންމެ ކަމެއް ނިންމުމުގައި މި 2 ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާއި ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތަކަށް އާ ކައުންސިލާއެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރިކަމަށެވެ.
"ނަމަވެސް މި ޝަކުވާތަކަކަށް ނިމުމެއް ނައި. ވީމާ އަޅުގަންޑު ބަލާލަން ބޭނުން މިކަމުގައި ރައްޔިތުންގެ ޚިޔާލު." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކައުންސިލުން ވަކިވުމަކީ ރައްޔިތުން އެދޭ ގޮތްކަމަށް ވަނީނަމަ ފެބްރުއަރީގައި މަޖިލިސް ހުޅުވޭއިރު އެކަން ކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށައަޅާނެކަމަށެވެ. އެހެންކަމުން ހުޅުދޫ މީދޫ ރައްޔިތުން އެކަމާއި ދޭތެރޭ ދެކޭ ގޮތް ހިއްސާ ކޮށްދެއްވުން އެދޭކަމަށް ރޮޒައިނާ ވިދާލުވިއެވެ.
ރޮޒައިނާގެ ވާހަކަތަކަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މަޝްހޫރު ވިޔަފާރިވެރިޔާ ސައިރިކްސް ޝަރީފް ވިދާޅުވީ ރޮޒައިނާގެ ހުށަހެޅުމަށް ގިނަ ރައްޔިތުން ތާއީދުކުރާނެކަމަށެވެ. އަދި ހުޅުމީދޫ ތަރައްގީ ކުރެވޭނީ ވަކި ކައުންސިލެއް އޮވެގެންކަމަށްވެސް ސައިރިކްސް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދެއްވައި، އައްޑޫ އަތޮޅަކީ އެއްރަށް ކަމަށް ކަނޑައެޅުއްވީ 10 ޖެނުއަރީ 2011 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދެންނެވި ޤަރާރު، "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްކަނޑައެޅުން" ގަރާރުގެ ދަށުން، އައްޑުއަތޮޅުގެ ހުޅުދޫ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ ހިމެނޭގޮތަށް، މީހުން ދިރިއުޅޭ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފެއްދެވިއެވެ. އައްޑޫސިޓީ ކައުންސިލަކީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިން ދެންނެވި ޤަރާރުގެ ދަށުން، އުފެދިފައިވާ ކައުންސިލެކެވެ.
އައްޑޫ އަތޮޅަށް ސިޓީއެއްގެ ދަރަޖަދެވި އެއްރަށުގެ ގޮތުގައި ހަމަޖެހިގެން ދިއުމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ، އޭގެ ކުރިން މީހުން ދިރި އުޅެމުން އައި 6 ރަށް އިދާރީ ގޮތުން 4 އަވަށް ކަމުގައި ހަމަޖައްސަވާފައެވެ. މިގޮތުން ހަމަޖެއްސި 4 އަވަށަކީ، ހިތަދޫ އަވަށާއި، މަރަދޫ އަވަށާއި، ފޭދޫ އަވަށާއި، ހުޅުމީދޫ އަވަށެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ސިޓީ ކައުންސިލުން ވަނީ މި 4 އަވަށުން ކުރެ ކޮންމެ އަވަށެއްގައި ވެސް، ކައުންސިލް އިދާރާގެ އަވަށުއޮފީސް ޤާއިމުކޮށްފައެވެ. ކައުންސިލް އިދާރާގެ މައި އޮފީސް ހުންނަނީ، ކުރިން އަތޮޅު އޮފީސް ހިންގަމުން އައި މަރުކަޒީ ރަށްކަމަށްވާ ހިތަދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު