ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތަށް މިފްކޯއިން ލިމިޓްކޮށްފިއެވެ.
މިފްކޯއިން މިގޮތަށް ހަމަޖެއްސީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ލިބޭ މަހުގެ ޢަދަދު އިތުރުވެފައިވާތީކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މިފްކޯގެ ޕްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް އެ ކުންފުންޏަށް މަސް ލިބެމުންދާތީ މަސްކިރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން މިފްކޯއަށް ލިބޭ މަހުގެ ޢަދަދު އިތުރުވެފައިވާތީ ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތަށް އެ ކުންފުނިން ހަމަޖައްސާފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ މިމަހުގެ 23 ވަނަ ދުވަހު ކިޔޫއަށްއެރި ދޯނިފަހަރުގެ މަސް މިއަދުވެސް ކިރަމުން ގެންދާ ކަމަށެވެ. އާންމުގޮތެއްގައި ހުކުރު ދުވަހަކީ މިފްކޯއިން މަސްކިރާ ދުވަހެއް ނޫންނަމަވެސް މަސްވެރިކަން ރަނގަޅުވެ ފާއިތުވި 4 ހުކުރު ދުވަހުވެސް މިފްކޯއިން މަސްކިރާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މިފްކޯއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މަސްވެރިކަން މި ދުވަސްކޮޅު ރަނގަޅުކަމަށެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 400 މެޓްރިކް ޓަނާއި 500 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ގަންނަމުންދާކަމަށާއި މިގޮތަށް މަސް ގަންނަމުންދާތާ 2 ހަފްތާ ވެފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ވަކިން ޚާއްސަކޮށް ހުވަދު އަތޮޅަށާއި އައްޑު އަތޮޅަށް މަސްވެރިކަން ރަނގަޅުކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ބުނީ ދޯނިފަހަރުން ދުވާލަކަށް 5 ޓަނާއި 25 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ބާނަމުންދާކަމަށެވެ.
ފާއިތުވެދިޔަ ދޮޅުމަސް ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ ކޯލްޑް ސްޓޯރުތައް ފުރެމުންއަންނާތީ މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައް ގެނެސް ލޯޑުކޮށް މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު