އައްޑޫ ސިޓީއަށް ކޮޅުނބުން ސީދާ އެތެރެކުރާ ދިރޭ ޖަނަވާރުގެ ފުރަތަމަ ޝިޕްމެންޓް މާދަމާ އައްޑޫ ސިޓީއަށް ގެންނާނެކަމަށް އެސިޓީގެ މޭޔަރ އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރާއްޖެއިން ބޭރުން އައްޑޫ ސިޓީއަށް ސީދާ ގެނެވޭ ފުރަތަމަ ދިރޭ ޖަނަވާރުގެ ޝިޕްމެންޓް މާދަމާ ސްރީލަންކާއިން އައްޑުއަށް ގެނެވޭނެކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަށް މިފަހަރު ގެންނަ މި ޖަނަވާރު ޝިޕްމަންޓަކީ އައްޑޫގައި ހިންގާ ޕޮއުލްޓްރީ ފާމަކަށް ގެންނަ ކުކުޅު ފިއޮއްތަކެއްކަމަށް ނިޒާރު ވިދާޅުވިއެވެ.

ސްރީލަންކާއިން ގެންނަ މިޝިޕްމެންޓް އައްޑޫއަށް ސީދާ ގެންނަނީ ވައިގެ މަގުން ސްރީލަންކަންގެ މަތިންދާބޯޓަކުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ނިޒާރު ވިދާޅުވީ މިއީ އިޤްތިސާދީ މުހިއްމު ފެށުމެއްކަމަށެވެ.



އައްޑޫ ސިޓީއަށް ދިރޭ ޖަނަވާރުގެ ޝިޕްމަންޓެއް މާދަމާ ގެނައުމަށް ހަމަޖެހިފައިވާއިރު މީގެކުރިން އައްޑޫ ސިޓީގެ ރައްޔިތަކު ވަނީ އަސްތަކެއްވެސް އެސިޓީއަށް ގެނެސްފައެވެ. އަދި އެ އަސްތައް ބޭނުންކޮށްގެން ވިޔަފާރީގެ ބައެއް ހަރަކާތްތައްވެސް އެފަރާތުން ހިންގައެވެ.



ކިޔުންތެރިންގެ ހިޔާލު