ރައީސް އަބުދުﷲ ޔާމީން ހުއްޓުވަން އެތެރާއި ބޭރުން މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެހެން ނަމަވެސް އެ ހުރަސްތައް ގިރާކޮށް އިންތިހާބާ ހަމައަށް އެމަނިކުފާނަށް ވާސިލުވެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ މީޑިޔާއަކުން މިއަދު މެންދުރު ފަހު ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އެ މަނިކުފާނު "ނައްތާލުމުގެ" މަގުސަދުގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.
ސްޕްރީމް ކޯޓުން ރައީސް ޔާމިން މިނިވަންކުރި ހުކުމާއެކު ދަށުކޯޓުތަކަށް ދިރުން ލިބިފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ރައީސް ޔާމިންގެ މައްޗަށް ދައުލަތުން އިތުރު ދައުވާ ތަކެއް އުފުލި ނަމަވެސް އެމަނިކުފާނު އަލުން ބަންދުވެގެންދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމިންގެ މައްޗަށް އުފުލީ އަދި މިހާރު ހުރި ދައުވާތައް އުފުލީވެސް ސަރުކާރުން ބޭނުންވާ ހެކިތަކެއް އުފައްދައިގެން ކަމަށެވެ. ސުޕްރީމް ކޯޓުން މައްސަލަ ބާތިލުކުރުމުން ދެން ހުރި މައްސަލަތަކުގައި ބުރަދަނެއް ހުންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމިނާއި ދެކޮޅަށް އުފައްދައިފައިވާ ހެކި ތަކަކީ ބަލިކަށި ހެކިތަކެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަނީ 2023 ގެ އިންތިހާބުގައި ރައީސް ޔާމީންގެ ނަންފުޅު ވޯޓްކަރުދާސްކޮޅުގައި އޮންނާނެއޭ. އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނޭ." ޑރ. ޝަހީމް ވިދާޅުވިއެވެެ.
ޝަހީމް މިހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓްގައި އޮތް ރައީސް ޔާމީންގެ މައްސަލަ ނިމި އެމަނިކުފާނު މިނިވަންވެޑައިގެންނެވި ނަމަވެސް މިހާރު ދަށު ކޯޓް މަރުހަލާގައި ހިންގާ ޝަރީއަތްތަކުން އިތުރު ހުކުމެއް އަތުވެއްޖެ ނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިގެންދާނެއެވެ.
ރައީސް ޔާމިން ދާދިފަހުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި މެދު ގޮތެއް ނުނިއްމަވާ ކަމަށާއި، އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭ ފަދަ ހާލަތަކަށް ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށެވެ.
އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ހަތަރު ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ. އެގޮތުން އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެންވެސް މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު