އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި އިދިކޮޅު ޕީޕއެމް / ޕީއެންސީން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތް ފުލުހުން ހުއްޓުވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ހުޅުމޭލެ ސްޓިއަރިން ކޮމިޓީން ހުޅުމާލޭގައި "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް މިއަދު ހަވީރު ކުރިއަށް ގެންދަނިކޮށް ފުލުހުން ނުކުމެ ހުއްޓުވައިފައިވާ ކަަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ހަަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓު ލައިގެން މަގުމައްޗަށް ނުނުކުމެވޭނެ ކަމަށް ވެސް ފުލުހުން އެންގި ކަމަށެވެ. އިންޑިޔާ އައުޓް ކެމްޕޭން ފުލުހުން ހުއްޓުވާފައިވަނީ އެ ހަރާކާތް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ.
ޕީޕީއެމުން އެންމެ ފަހުން ބާއްވަން އުޅުނު އިންޑިއާ އައުޓް ސައިކަލް ބުރު ވެސް ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ ފުލުހުން ވަނީ ހުއްޓުވާފައެވެ. ވެރިކަން ކުރާ އެމްޑީޕީން މިހާރު ވަނީ މި ކެމްޕޭން ހުއްޓަން ފުލުހުންނަށް ގޮވާލައި ގަރާރެއް ވެސް ފާސްކޮށްފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތައް އައްޑޫ ސިޓީ ފޭދޫގައި ވެސް މިއަދު ވަނީ ބާއްވާފައެވެ. އެހެން ނަމަވެސް ފޭދޫގެ ހަރަކާތަށް ފުލުހުން ހުރަހެއް ނާޅައެެވެ.
އިންޑިއާ އައުޓް ކެމްޕޭން އަތޮޅުތަކުގެ ތެރެއަށް ފުޅާ ކޮށްފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ހއ. ބާރަށުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ކެމްޕޭނަށް ރައީސް ޔާމީން ވަނީ ކ. ގުރައިދޫ، ތުލުސްދޫ އަދި ފ. ނިލަންދޫއަށް ވަޑައިގެން އެރަށްރަށުގައި ބޭއްވި އިންޑިޔާ އައުޓް ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު