އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިން އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިޔާ އައުޓް" ކެމްޕޭނުން ދިވެހިންނަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ވެގެން ހިގައިދާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭން ކުށްވެރިކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަވައްޓެރި އިންޑިއާއާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމިން އިސްވެ ހުންނަވާ ކުރައްވާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުއާމީ މަޝްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އެޕާޓީން ނުދެކޭ ކަމަށްވެސް މިރޭ ނެރުނު ބަޔާނުގައިވެއެވެ. އަދި މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ރައީސް ޔާމިންގެ ވެރިކަމުގައި ބިންގާ އެޅުނު ކަންކަން ކަމަށް އަދާލަތު ޕާޓީން ވަނީ ފާހަަގަކޮށްފައެވެެ.
"އެމަނިކުފާނު (ރައީސް ޔާމިން) މިހާރު ކުރިއަށް ގެންދަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާއި ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެކެެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަގުއާމީ މަޝްރަހުގައި ދިވެހިން އެކަހެރިވެ ގައުމާ ރައްޔިތުންނަށް ފޫ ނުބެއްދޭވަރުގެ ގެއްލުންވުމެވެެ." އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުނީގެ އަތުން އަތުލުމަށް ގޮވާލައި މުޒާހަރާ ކުރި އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޢަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ ދީފައެވެ.
އިދިކޮޅުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށާއި، އިންޑިއާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ ރައީސް ޔާމިން އިސްވެ ހުންނަވާ ހިންގާ ކެމްޕޭނެކެެވެ. އިންޑިިޔާ އައުޓް ކެމްޕޭން މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވަނީ ފަށާފައެވެ. ސަރުކާރުން މިހާރު ވަނީ ރައީސް ޔާމިން އިސްވެ ހުންނަވައިގެން ހިންގަވާ އިންޑިއާ އައުޓް ކެމްޕޭނުގެ ހަރަކާތްތަކަށް ފުރުސަތު ނުދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު