ހުދުމުހުތާރުކަމަށް އެމްޑީޕީން ބުނި ޒަމާން އިޢާދަ ކުރަނީތޯ ވިދާޅުވެ މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަވައިފިއެވެ.



ޖަމީލު މިހެން ވިދާޅުވީ އިންޑިއާ އައުޓް ނަމުގައި އިއްޔެ ހުޅުމާލޭގައި ބޭއްވި ހިނގާލުމަކަށް ފުލުހުން ހުރަސް އަޅައި، ބަޔަކު ހައްޔަރުކުރުމާއި ގުޅިގެންނެވެ.

ޑރ. ޖަމީލު ވިދާޅުވީ ‏ސުލްހަވެރި އެއްވުންތަކަށް ހުރަސްއެޅުމަކީ ޤާނޫނީ ކުށެއްކަމަށެވެ. އަދި ފުލުހުންނަށްވެސް މީހުން ހައްޔަރުކުރެވޭނީ ވަކި އުޞޫލަކުންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އިންޑިއާ އައުޓް ޓީޝާޓް ލުމުން އަދި މީހަކު ހައްޔަރެއް ނުކުރެވޭނެކަމަށެވެ.

"ޗިލީ ސޯސް ލައިގެން މީސް މީހުންގެ ތުނބުޅި ބޭލިކަމަށް އެމްޑީޕީން ބުނި ޒަމާން އިޢާދަ ކުރަނީބާ؟" ޖަމީލު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި އިދިކޮޅު ޕީޕއެމް / ޕީއެންސީން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން ހުޅުމާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ފުލުހުން ހުއްޓުވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ހުޅުމޭލެ ސްޓިއަރިން ކޮމިޓީން ހުޅުމާލޭގައި "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް އިއްޔެ ހަވީރު ކުރިއަށް ގެންދަނިކޮށް ފުލުހުން ނުކުމެ ހުއްޓުވައިފައިވާ ކަަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ހަަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު