އަހުމަދު މަސްނޫމް   25 ޑިސެމްބަރު 2021 - 16:5
ޅ. އަތޮޅު މަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މަޑިވަރު އެއަރޕޯޓަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ ކުރެއްދޫ ހޯލްޑިންގްސުން ތަރައްޤީކުރި އެއަރޕޯޓެކެވެ.

ޓެސްޓް ފްލައިޓް ބޭއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗަމްޕާ މުހައްމަދު މޫސާގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



މަޑިވަރަށް ޓެސްޓް ފްލައިޓް ބާއްވާފައިވާއިރު، އެތަނުގެ މަސައްކަތް ނިންމާ މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުއްދަތު ދީފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

މަޑިވަރު އެއަރޕޯޓުގައި ތަރައްޤީކުރަނީ 1200 މީޓަރުގެ ރަންވޭއެކެވެ. މަސައްކަތުގެ ސްކޯޕްގައި ޓަރމިނަލާއި، އެއަރ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ވެސް ހިމެނެއެވެ.

މި މަޝްރޫޢުގައި މަޑިވަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ. މަޑިވަރު އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސުން އަންނަނީ ވަމުންނެވެ. އަދި އެއަރޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ޅ. އަތޮޅަކީ ގިނަ ރިސޯޓްތައް ހިމެނޭ އަތޮޅެކެވެ. މި ސަރަޙައްދުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް، ފަތުރުވެރިކަމަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު