ހިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔާފައި ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރެވޭނެކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިންގެ އަހަރީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެމަނިކުފާނު ވިދާޅުވީ ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލަހިވައްސަލަމައަށް ފުރައްސާރަކުރުމަކީ ދީނީ މިނިވަންކަމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ޕުޓިން ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ނަފްރަތު އުފެއްދުމަށް ކުރާ އެހެން ކަންކަމުގެ ސަބަބުން ހައްދު ފަހަނައަޅައި ދިއުމުގެ ކަންކަމަށް މަގުފަހިވަމުންދާކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ޕްރާންސްގެ ނޫހަކުން ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ޝާއިއުކުރުމުން ކަންކަން ހިނގި ގޮތް ޕުޓިން ހާމަކޮށްދެއްކެވިއެވެ.

ޕުޓިން ވިދާޅުވީ ކުރެހުންތެރިންނަށްވެސް މިނިވަންކަން އޮންނާނެކަމަށެވެ. ނަމަވެސް އެ މިނިވަންކަމުގެ ތެރެއިން އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެވިގެން ނުވާނެކަމަށެވެ.

ޕުޓިން ވިދާޅުވީ ރަޝިޔާއަކީ އެތައް ދީނަކާއި އެތައް ސަގާފަތެއްގެ ބަޔަކު އުޅެމުން އަންނަ ގައުމަކަށްވާއިރު، އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމް ކުރުމަކީ ރަޝިޔާގެ ރައްޔިތުންގެ އާދައެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުން އެމަންޒަރު ނުފެންނަކަމަށް ޕުޓިން ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ލީޑަރުކަމަަށްވާ ޕުޓިން ފާހަގަވެފައިވަނީ މުސްލިމަކަށް ނުވިޔަސް، މުސްލިމުންނާއި ދިމާލަށް ކުޑައިމީސް ބަސްތައް ރައްދު ނުކުރާ ދުނިޔޭގެ މަދު ލީޑަރުންގެ ތެރެއިން ލީޑަރެއް ގޮތުގައެވެ. އެކަމާއި ގުޅިގެން މުސްލިމް ދުނިޔެއާއި އެމަނިކުފާނާއި ދެމެދު އޮންނަނީ ވަރަށްވެސް ބަދަހި ގުޅުމެކެވެ.

މީގެއިތުރުން ރަޝިޔާގައި ބޮޑެތި މިސްކިތްތައް ހުޅުވުމަށް ބޮޑެތި ރަސްމިއްޔާތުތައް އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ދައުވަތު ދެއްވައިގެން އެމަނިކުފާނު ބާއްވާކަންވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން