ދީނާައި ޤައުމުގެ ދިފާއުގައި ކޮންމެ ރައްޔިތަކަށްވެސް ޝުޢޫރު ފާޅުކުރެވެން ވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ހިންގާލުންތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އިއްޔެ ބޭއްވި ސައިކަލް ބުރަކަށްވެސް ފުލުހުން ވަނީ ހުރަަސް އަޅާފައެވެ.

ޝައިހް ޒައިދު ވިދާޅުވީ ‏ދީނާައި ޤައުމުގެ ދިފާޢުގައި ޝުޢޫރު ފާޅުކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށެވެ.

ޒައިދު ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމަކަށް، އެއީ ޗައިނާކަމަށް ވިޔަސް ނުވަތަ އިންޑިޔާކަމަށް ވިޔަސް ނުވަތަ ޕާކިސްތާނުކަމަށް ވިޔަސް، އެއްވެސް ޤައުމެއްގެ މިލިޓަރީ ބަޔަކު ތިބެން ރުހެވޭކަށް ނެތްކަމަށެވެ.



ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ހުޅުމޭލެ ސްޓިއަރިން ކޮމިޓީން ހުޅުމާލޭގައި "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް އިއްޔެ ހަވީރު ކުރިއަށް ގެންދަނިކޮށް ފުލުހުން ނުކުމެ އެހަރަކާތް ހުއްޓުވައިފައިވާ ކަަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ހަަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސއ ހީނާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އިންޑިޔާ އައުޓް ނަމުގައި މަގުމަތީގައި ހަރަކާތްތައް ނުހިންގޭނެ ކަމަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު