އަހުމަދު މަސްނޫމް   25 ޑިސެމްބަރު 2021 - 18:31
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ‏ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައިކަމަށެވެ.

އެހެންކަމުން މި ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް މަޖިލީހުން ނުދެއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާ ދުވަހެއްވެސް ހާމައެއް ނުކުރެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވިއިރު މަޖިލިސް އޮތީ ޗުއްޓީގައެވެ. ނަމަވެސް މަޖިލީހުގައި ބައެއް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

މަޖިލީހުގެ ޗުއްޓީއަށް ފަހު އަންނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ ފެބްރުއަރީމަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު