ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ހިންގާ އިންޑިޔާ އައުޓް ކެމްޕޭނަށްވުރެ ބޮޑެތި މައްސަލަތައް ގައުމުގައި އެބަހުރި ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމިން އިސްވެ ހުންނަވާ ހިންގަވާ "އިންޑިޔާ އައުޓް" ކެމްޕޭނަށް އިޝާރަތް ކުރައްވަމުންނެެވެ. މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕޭނަކީ މުޖުރިމެއްގެ ޖަރީމާ ފަސް އަޅައި ފޮރުވަން ހިންގާ ކެމްޕޭން ހަރަކާތެއް ކަމަށެވެ. އަދި އިންޑިޔާ އައުޓް ކެމްޕޭނަށް ވުރެ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުން މާ މުހިންމު ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު އޭނާ ނިސްބަތްވާ އަދާލަތު ޕާޓީންވެސް ރޭ ވަނީ އިންޑިޔާ އައުޓް ކެމްޕޭން ކުށްވެރިކޮށް ބަޔާނެއް ނެރެފައެެވެ. އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަވައްޓެރި އިންޑިއާއާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމިން އިސްވެ ހުންނަވާ ކުރައްވާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުއާމީ މަޝްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އެޕާޓީން ނުދެކޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"އެމަނިކުފާނު (ރައީސް ޔާމިން) މިހާރު ކުރިއަށް ގެންދަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާއި ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެކެެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަގުއާމީ މަޝްރަހުގައި ދިވެހިން އެކަހެރިވެ ގައުމާ ރައްޔިތުންނަށް ފޫ ނުބެއްދޭވަރުގެ ގެއްލުންވުމެވެެ." އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިޔާ އައުޓް ކެމްޕޭން ކުށްވެރިކޮށް އަދާލަތު ޕާޓީން ރޭ ނެރުނު ނޫސްބަޔާނާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންގެ ފާޑުކިޔުން ވަނީ އެޕާޓީއަށް އަމާޒުވެފައެވެ.

#IndiaOut ey kiyaigen Mujrimeh ge jareema thakah fas alhaa foruvaa dheyn campaign kurumah vure Gaumugai huri bodethi massala thakah foucus koh ekan ragalhu kuran masakkaiy kurun maa muhinmu.
— Dr.Mohamed Iyaz (@dr_iyaz) December 25, 2021
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު އޭނާ ނިސްބަތްވާ އަދާލަތު ޕާޓީންވެސް ރޭ ވަނީ އިންޑިޔާ އައުޓް ކެމްޕޭން ކުށްވެރިކޮށް ބަޔާނެއް ނެރެފައެެވެ. އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަވައްޓެރި އިންޑިއާއާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމިން އިސްވެ ހުންނަވާ ކުރައްވާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުއާމީ މަޝްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އެޕާޓީން ނުދެކޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"އެމަނިކުފާނު (ރައީސް ޔާމިން) މިހާރު ކުރިއަށް ގެންދަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާއި ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެކެެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަގުއާމީ މަޝްރަހުގައި ދިވެހިން އެކަހެރިވެ ގައުމާ ރައްޔިތުންނަށް ފޫ ނުބެއްދޭވަރުގެ ގެއްލުންވުމެވެެ." އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިޔާ އައުޓް ކެމްޕޭން ކުށްވެރިކޮށް އަދާލަތު ޕާޓީން ރޭ ނެރުނު ނޫސްބަޔާނާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންގެ ފާޑުކިޔުން ވަނީ އެޕާޓީއަށް އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު