ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު ހަމަލާތައް އަންނަމުންދާ މިދަނޑިވަޅުގައި އިސްލާމިކް މިނިސްޓްރީ "ނެގިމަޑުވެފައި" އޮވެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިޔާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ ހައިބަތާއި ގަދަރު ހިފަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން އިސްލާމްދީނާއި ދެކޮޅަށް އަންނަ ހަމަލާތަކުން ދީން ސަލާމަތް ކުރަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެެވެ.
"އިސްލާމިކް މިނިސްޓްރީ ނެގިމަޑުވެފައި ތިބެގެން ނުވާނެ، ހަރުދަނާ ކަމާއެކު މަސައްކަތް ކުރަންޖެހޭ. ރާއްޖޭގައި ނަސާރާ ދީން ފެތުރުމަކީ މިތާގައި ވަރަށް ގިނަ ދުވަސް ވަންދެން ބަޔަކު މީހުން ކުރަން ބޭނުންވެފައި ތިބި ކަންތައްތަކެއް. އޭރު އެކަން ކާމިޔާބުނުވެ އޮތީ މުވައްސަސާތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން. މިއަދު ދީނަށް ފުރައްސާރަކޮށް އުޅޭކަން އެގޭ ކިތަންމެ ބަޔަކު ދައުލަތުގެ މަތީ މަގާމުތަކުގައި އެބަތިބި އައްޔަންކޮށްފައި. އެހެންވުމުގެ ސަބަބުން ދީނަށް މިއަންނަ ގޮންޖެހުންތަކުން ދީނުގެ ކަންކަން ސަލާމަތް ނުކުރެވި އެކަންކަން ބޮއްސުންލައިގެން މިދަނީ." ރާއްޖޭގައި ގާއިމުކުރި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ފުރަތަމަ ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތު ހިފަހައްޓައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ދައުލަތް ހިންގުމަށްޓަކައި އައްޔަންކޮށްފައިވާ ބޭފުޅުންގެ ގައުމީ އަދި ދީނީ ވާޖިބެއް ކަމަށެވެ. އަދި އިސްލާމްދީނަށް އޮންނަ އިހްތިރާމް ދައުލަތުން ދަމަހައްޓަންޖެހޭ ކަމަަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ، ދީނީ ކަންކަން މިހާ ބަލިކަށިވެގެންދާއިރު އެކަންކަން ރަނގަޅު ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅޭތަނެއް. އަޅުގަނޑު ނުދަންނަވަން މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގުރާމް ނުހިންގާ ވާހަކައެއް. ސަލަފުން ވެސް މާގިނަަ ޕްރޮގުރާމްތައް އެބަ ހިންގާ، ރަށްރަށުގައި ތަންތާގައި އެކަމަކު ވުޒާރާތަކުންނާއި ވަޒީރުންނާއި ދައުލަތުގައި ގާއިމްވެފައި ހުންނަ މުވައްސަސާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ތަފާތު މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް." އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށްވެސް ކުރިން ހުންނެވި ޑރ. ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު