ޅ. އަތޮޅު މަޑިވަރުގައި ހުޅުވި އެއަރޕޯޓަކީ އެ އަތޮޅުގެ ތަރައްގީއަށް އެޅުނު އެންމެ ވަރުގަދަ ބިންގާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެެ.
ޅ. އަތޮޅު މަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ވަނީ ޖައްސާފައެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މަޑިވަރު އެއަރޕޯޓަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުރެއްދޫ ހޯލްޑިންގްސުން ތަރައްޤީކުރި އެއަރޕޯޓެކެވެ. މަޑިވަރު އެއާޕޯޓް އެޅުމަށް އެ ކުންފުންޏާއި ހަވާލުކުރީ ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.
މަޑިވަރު އެއާޕޯޓަށް މިއަދު ޓެސްޓް ފުލައިޓް ޖެއްސުމާއި ގުޅިގެން ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަޑިވަރު އެއާޕޯޓަކީ ފާދިއްޕޮޅަށް އިންގިލާބީ ހެއު ބަދަލެއް ގެނުވާނެ އެއާޕޯޓެއް ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓަކީ އަތޮޅުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެޅުނު އެންމެ ވަރުގަދަ ބިންގާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މަޑިވަރު އެއާޕޯޓުގެ ވިސްނުމަކީ ރައީސް ސޯލިހްގެ ސަރުކާރާއި ބީރައްޓެހި ވިސްނުމެއް ކަމަށެވެ.
"މަޑިވަރު އެއަރޕޯޓު މަޝްރޫއާ ގުޅިގެން ރައީސް ސޯލިހު އަޑީގައި ހުންނަވާ "ސޭވް މަޑިވަރު" ގެ ނަމުގައި މަޑިވަރު އެއަރޕޯޓުގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެތެރޭގައި ވަނީ އަޑު އުފުލާ އިޙްތިޖާޖުކޮށްފައި. އެ ނުރުހުންތެރިކަމާ އިޙުތިޖާޖުތައް މިއަދު ވަނީ ކަޅު ޞަފްހާތަކެއްގެ ތާރީޚަކާއި އެކު މާޒީވެފައި. މިއަދު ވިސްނަންވީ މިބޮޑު ނިޢުމަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ ނައިފަރާ މުޅި ފާދިއްޕޮޅުގެ މުސްތަޤުބަލް ބިނާކުރަން." ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުގައި އެމަނިކުފާނު ގެންގުޅުއްވި ވިސްނުންފުޅަކީ މަޑިވަރާއި ނައިފަރު ބުރިޖަކުން ގުޅުވާލާ ނައިފަރުގެ ހުޅަނގުފަރާތުން 50 ހެކްޓަރ ހިއްކުން ކަމަށެވެ. އޭރުން ނައިފަރަށް، މިހާރު ނައިފަރުގެ ބިމުގެ ސައިޒުގެ ބޮޑުބިމެއް އިތުރުކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަޑިވަރު އެއަރޕޯޓުގައި ތަރައްޤީކުރަނީ 1200 މީޓަރުގެ ރަންވޭއެކެވެ. މަސައްކަތުގެ ސްކޯޕްގައި ޓަރމިނަލާއި، އެއަރ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ވެސް ހިމެނެއެވެ.
މި މަޝްރޫޢުގައި މަޑިވަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ. މަޑިވަރު އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސުން އަންނަނީ ވަމުންނެވެ. އަދި އެއަރޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު