ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެ ސަރަހައްދު ފުލުހުން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން އެސަރަހައްދު ބަންދުކޮށް ފުލުހުން މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން ބުނީ އެސަރަހައްދު ބަންދު ކޮށްފައިވަނީ "ފޮއްޓެއް" ފެނިގެން ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ގޮތް ނޭނގޭ ޒާތުގެ ފޮށި ތަކާއި އެއްޗެހި ފެނިގެން މީގެ ކުރިން ވެސް ފުލުހުންނާއި ސިފައިން އެތަންތަން ބަންދުކޮށް ބަލައި ފާސްކޮށްފައިވެއެވެ. އަދި މިކަހަލަ ހާދިސާއެއް ރިޕޯޓް ކޮށްފިނަމަ އާއްމުކޮށް އެސަރަހައްދަށް ދަނީ ސިފައިންގެ ބޮމްބް ސްކޮޑް ޓީމުކަންވެސް ފާހަގަކޮށްލެވެެެއެެވެ.



ކިޔުންތެރިންގެ ހިޔާލު