ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

ލ. ޢަތޮޅުގެ ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. އިންޖީނުގެ ހުންނަނީ ކަލައިދޫގައެވެ.

ފެނަކަ އިން ބުނީ މި އިންޖީނުގެއިން 1.2 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ. ތިން ރަށަށް ކަރަންޓު ފޯރުކޮށްދޭ މި އިންޖީނުގޭގައި ބެޓެރީ ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ޓެކްނިކަލް އޮފީހަށް ހާއްސަ ބައެއް ވެސް ހިމެނޭ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.





ލ އަތޮޅުގެ ކަރަންޓުގެ ހިދުމަތް އެއް ވިއުގައަކުން ގުޅާ ލުމުގެ މަސައްކަތް މިދިޔަ އަހަރު ފެނަކައިން ވަނީ ފަށާފައެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އެ ޕްރޮޖެކްޓު ނިމޭ އިރު މުޅި އަތޮޅަށް 4.5 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. އެކަމަށް ލ. ގަމުގައިވެސް ކަރަންޓްގެ ހިދުމަތްދޭން ބޮޑު އިންޖީނުގެއެއް އަޅަން ނިންމާފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު