ކަޅުވަކަރު މިސްކިތް ނެގުމަށްފަހު އެތަނުގައި ބިރަކާއި ނުލާ މަޖާކުރާ ތަނެއް ހެދީ ޕީޕީއެމްގެ ސަރުކާރުން ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒު ޑރ. ޝަހީމަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ ‏ކަޅުވަކަރު މިސްކިތް ނަގާ އެތަނުގައި ބިރަކާނުލާ މަޖާކުރާ ތަނެއް ހެދީ ޕީޕީއެމްގެ ސަރުކާރުން ކަމަށެވެ. އަދި ފާޑުފާޑުގެ ލަވަކިޔާ ނަށާ "ކަސްބީ މީހުން" ގެނެސްގެން ޝޯތައް ބޭއްވިއިރު އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްގެ ބަހެއް ނުވިކުނު ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. އިޔާޒް ދީނީ ޢިލްމްވެރިޔާ ޑރ. ޝަހީމަށް ފާޑުވިދާޅުވެ އިދިކޮޅު ޕީޕީއެމަށް މިފަދަ ރައްދެއް ދެއްވާފައި މިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު، ރައީސް ޔާމިން އިސްވެ ހުންނަވައިގެން ހިންގަވާ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ޑރ. އިޔާޒު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ނެރުނު ބަޔާނަށް ޑރ. ޝަހީމު ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދި އަދާލަތުގެ މެންބަރަކު އިސްވެ ހުންނަވާ އިސްލާމިކް މިނިސްޓްރީއަށް ވެސް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭން ކުށްވެރިކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަވައްޓެރި އިންޑިއާއާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމިން އިސްވެ ހުންނަވާ ކުރައްވާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. މިކަމާ ގުޅިގެން ޑރ. ޝަހީމުވަނީ އިންޑިއާގެ ޖީއެމްއާރް ކުންފުނި ރާއްޖެއިން ބޭރުކުރަން ގޮވާލާ އަދާލަތުން ހިންގި ކެމްޕޭނާއި މެދު ސުވާލު އުފައްދަވައި މިއަދު އަދާލަތުގެ އެ ދީނާ ގައުމިއްޔަތުގެ ރޫހު ބަދަލުވެފައިވާރީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެއިތުރުން މިސަރުކާރުގެ އިސްލާމިކް މިނިސްޓްރީއަށް ފާޑުވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު ހަމަލާތައް އަންނަމުންދާ މިދަނޑިވަޅުގައި ވެސް އިސްލާމިކް މިނިސްޓްރީ "ނެގިމަޑުވެފައި" އޮވެގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ މީޑިޔާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ ހައިބަތާއި ގަދަރު ހިފަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން އިސްލާމްދީނާއި ދެކޮޅަށް އަންނަ ހަމަލާތަކުން ދީން ސަލާމަތް ކުރަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެެވެ.

ޑރ. ޝަހީމުގެ ވަޒީރު ކަމުގައި ރާއްޖޭގައި ހިނގާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި ޑރ. އިޔާޒް ޑރ. ޝަހީމަށް ފާޑުވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ ސަރުކާރުގައި އާ އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭރުން މަޝްހޫރު ލަވަކިޔުންތެރިން ގެނެސް މިއުޒިކް ޝޯތައް ވަނީ ބާއްވާފައެވެ. އޭރުގެ ސަރުކާރުގައި ދީނީ އިލްމްވެރިން އެކަމާ ދެކޮޅަށް ތެދުވެ ވަނީ އަޑު އުފުލާފައެވެެ.



ޑރ. އިޔާޒް އިޝާރަތް ކުރެއްވި ކަޅުވަކަރު މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެެވެ. ކަޅުވަކަރު މިސްކިތަކީ ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީހެއް އޮތް މިސްކިތަކަށް ވީ ނަމަވެސް އެ މިސްކިތް ވަނީ ކުރީގެ ރައީސް އަވްދުﷲ ޔާމިންގެ ސަރުކާރުގައި ރޫޅާލައި ކުރިން ހުރި ތަނުން ނަގާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މިސްކިތްް ހިމާޔަތްކޮށް އަލުން އެހެންތާކު ވަނީ އެމިސްކިތް ރާވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކަޅުވަކަރު މިސްކިތް އޭރި ހުރި ސަލަޓަންޕާކު ތެރެއިން ނެގީ ހުޅުމާލޭގެ ފަރުކޮޅުފުށި ސަރަހައްދުގައި ގާއިމުކުރަން ނިންމާފައި އޮތް ދިވެހި ތާރީޚާއި ސަގާފަތް ދައްކުވައިދޭ މަރުކަޒުގައި އެމިސްކިތް ބެހެއްޓުމަށް ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


5

ޔޫސުފް

30-Dec-2021

މިސްކިތެއް ބިނާކުރުމަކީ ނުހަނު ހެޔޮކަމަކަށް ވީނަމަވެސް ބަންގި ނުގޮވާ ނަމާދު ނުކުރާ ގޮތައް ހުންނަ ހުންނަ ތަނަކަށް ހަދާފައިހުރި ލަކުޑީގެ ބާވަތުން މިސްކިތެއްގެ ދަރަޖަ ލިބޭނެތޯ އައްދަކުތޫރު އިޔާޒް ސާފުކޮށްލައި ދެއްވިއްޔާ ވަރަށް ރަނގަޅު.


2

މަގޯ

30-Dec-2021

ސަހީމް ވަރުގެ އިލްމު ވެރިއަކު ޔާމީން ފަހަތުގައި މަސައްކަތް ކުރާތީ އެކަމާ ވަރައްދެރަވޭ ސަހީމުއަށް ހަމަރަގަޅައްއެގޭނެ ޔާމީނަކީ ކިހާވަރެއްގެ ދީންދެކެލޯބިވާ މީހެކަން އަދި ވެރިކަމުގައި ހުންނަވާގެ ކުރަމުންދިޔަ ގޯސް އަމަލުތައް ސަހީމުއަށް ބުނެދޭކައް ނުޖެހޭނެ އިލްމު ވެރިއެއްގެ މަގާމުގައި ހުރެގެން ޔާމީނައް ސަޕޯޓު ކުރާކައް ނުވާނެކަން ހަމަ ރަގަޅައް އެގޭނެ މުޅި ގައިމުކާލި ވާހަކައާއި ބެންކޮކައްގޮސް އަންހިނުންގެ ވާހަކަތައް ގޮވާނެގީރު ސަހީމް ކީވެތޯ ބަޔާނެއްނުނެރުނީ ދުނިޔޭގައި ތިބިބޮޑެތި ވަރުގަދަ އިލްމުވެެރިންގެ ބަސްތަކުންނާއި ހަދީސްރަކުން އެގޭގޮތުގައި މީހަކުދެކެ ލޯބިވާންވާނީ އިސްލާމް ދީންދެކެ ލޯބިވާ ދީނައް ރަގަޅައްއުޅޭ ދީންދިފާއުކުރާ މީހުންދެކެ މިހުރިހާކަމެއް ސަހީމުއަށް ރަގަޅައްއެގެހުރެ އަދި އިލްމުވެރިއެއްގެ މަގާމް ﷲ ސުބުހާނަހޫވަތާލާ ދެއްވީތީ މުންކަރާއްތަ ނަހީކުކޮއް ޔާމީނުގެ ދިފާއުގައި ސަހީމް ހުރުމަކީ ލަދުވެތިކަމެއްދީނީ އިލްމުވެރިން ދީންދެކެ ލޯބިނުވާވެިންގެ ފަހަތުގައި ހުރުމަކީ އަޅުގަޑު ދެރަވެ ހިތާމަކުރާކަމެއް


-8

އިޔާޒް

30-Dec-2021

މިޔައީ ކޮންތާކު ހުރި ވަލު ކުއްތާއެއް. , ކަލޭ ތިޔަހަރީ ވަރަށް ސާފު , އިސްލާމް ދީނަށް ވަރަށް އިޚްލާސްތެރި ބައެއްގެ ހިމާޔަތުގަ އުތަ??? !!! މިހިރަ ބަތާހާރާމީ!! ހަރާމްކޯރާ.!! ކަލޭ ހުރިވަރު ބަލާބަލަ , އެމް ޑީއެން އަށް ބާރުދީ ސްކޫލްތަކުގެ ކަރިކީލަމަށް ބަދަލު ގެނެސް ކީރިތި ގުރްއާނާ ބެހޭ މަރްކަޒު އުވާލާއ އިސްލާމް ފޮތުގައި ހުރި އާޔަތް ނައްތާލަން މަސައްކަތް ކުރި އިރުވެސް ކަލޭގެ ޖަނަވާރު ކަމާއި, މުނާފިގު ކަމުން ތިޔަ ދުވަނީ ޔާމީން ފަހަތުންނޭ ބަކައްޓާ