ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް އެދިފައިވަނިކޮށް އެއްވެސް ބެލުމެއްނެތި ކަންކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
މިރޭ އޮންނަ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ޖުމްހޫރީ މައިދާނުގައި ސްޓޭޖް އަަޅާ ގޮނޑިތައް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެކަމާއި ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށެވެ. އަދި ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް އެކި ބައްދަލުވުންތަކުގައި ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެފަދައިން އެދިފައިވަނިކޮށް އެއްވެސް ބެލުމެއްނެތި ކަންކުރި ގޮތުން ހިތާމަކުރަށްވާ ކަމަަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޖުމްހޫރީ މައިދާން ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް އެ ސަރަހައްދު އަލުން ރީތި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ. ވިނަ އިންދާ އެ ސަރަހައްދު ރީތި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިރޭގެ ޖަލްސާއަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފެށީ ވިނަ އިންދި ސަރަހައްދު ބަންދުކޮށްގެން ރަނގަޅަށް ވިނަ ހެެެެއްދުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
މިސަރުކާރަކީ ތިމާވެއްޓާ ރަހުމަތްތެރިކޮށް ހުރިހާ ކަމެއްވެސް ކުރަމުން ގެންދާ ކަމަށް ބުނާ އަދި ގަސް އިންދައި ފެހިކުރުމަށް ހިތްވަރުދޭ ސަރުކާރެއް ކަމަށް ބުނެފައި މިކަމުގައި އެއާ ދިމާ އިދިކޮޅަށް އަމަލުކޮށްފައި ވާތީ ބައެއް ފަރާތްތަކުން އަންނަނީ މުޢިއްޒުގެ ވާހަކައަށް ތާއީދުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް މީޓިންގ ގައި ތަކުރާރުކޮށް ދެންނެވުމުންވެސް، އެއްވެސް ބެލުމެއްނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން. @ShimranAb @HomeMinistrymv pic.twitter.com/0Sl63TXti2
— Dr Mohamed Muizzu (@MMuizzu) December 26, 2021
ޖުމްހޫރީ މައިދާން ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް އެ ސަރަހައްދު އަލުން ރީތި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ. ވިނަ އިންދާ އެ ސަރަހައްދު ރީތި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިރޭގެ ޖަލްސާއަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފެށީ ވިނަ އިންދި ސަރަހައްދު ބަންދުކޮށްގެން ރަނގަޅަށް ވިނަ ހެެެެއްދުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
މިސަރުކާރަކީ ތިމާވެއްޓާ ރަހުމަތްތެރިކޮށް ހުރިހާ ކަމެއްވެސް ކުރަމުން ގެންދާ ކަމަށް ބުނާ އަދި ގަސް އިންދައި ފެހިކުރުމަށް ހިތްވަރުދޭ ސަރުކާރެއް ކަމަށް ބުނެފައި މިކަމުގައި އެއާ ދިމާ އިދިކޮޅަށް އަމަލުކޮށްފައި ވާތީ ބައެއް ފަރާތްތަކުން އަންނަނީ މުޢިއްޒުގެ ވާހަކައަށް ތާއީދުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު