މިއަންނަ އަހަރު އިންޑިއާގައި ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޑޯޒު ދޭން ފަށާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ވެކްސިނުގެ ބޫސްޓަރ ޑޯޒު ދިނުމަށް ނިންމާފައިވަނީ އެގައުމުގައި ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ފެތުރެން ފެށުމާއިގުޅިގެންނެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 400 އަށްވުރެއް ގިނަ އޮމިކްރޯން ކޭސް އިންޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އިންޑިއާގައި ބޫސްޓަރ ޑޯޒު ދިނުމުގައި އިސްކަން ދޭނީ ސިއްހީ އެހީތެރިންނާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުންނަށްކަމަށް މޯދީވިދާޅުވިއެވެ. ދެން އެއަށްފަހު އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ހައި ރިސްކު މީހުންނަށް އިސްކަމެއް ދީގެން ވެކްސިނުގެ ބޫސްޓަރ ޑޯޒު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މޯދީ ވިދާޅުވެފައިވެއެވެ.
ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޑޯޒުގެ އިތުރުން، އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް އަންނަ އަހަރު ޖެނުއަރީ މަހު ކޮވިޑް ވެކްސިން ދޭން ފެށުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމަވާފައެވެ.
އިންޑިއާގެ ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ 88 އިންސައްތަ މީހުން އެއް ޑޯޒު ފުރިހަމަކޮށްފައިވާއިރު، މީގެ ތެރެެއިން 61 އިންސައްތަ މީހުންވަނީ ކޮވިޑް ވެކްސިނުގެ ދެޑޯޒް ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު