28 ވަނަ ދުވަހާއި ހަމައަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް ވިދާޅުވީ ރާއްޖެއިން މިއަހަރު ކަނޑައެޅި 1 މިލިއަން ފަތުރުވެރިންގެ އަމާޒު މިއަހަރު ނިމުމުގެ 1 މަސް ކުރިން، 29 އޮކްޓޯބަރ ގައި ހާސިލްވެފައިވާކަމަށެވެ. އަދި ކުރިން ބައެއް ފަރާތްތަކުން ލަފާކުރި 1.3 މިލިއަން ފަތުރުވެރިންގެ އަމާޒު، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.



ރާއްޖެއަށް މިއަހަރު 1.3 މިލިއަން ފަތުރުވެރިން ގެނެވޭނެކަމަށް މީގެކުރިންވެސް މައުސޫމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ހިސާބުތައް ހެދިއިރު އަމާޒަކަށް ކަނޑައެޅީ 1 މިލިއަން ފަތުރުވެރިންނެވެ.

2020 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 515755 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،271،020 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޑިސެމްބަރުމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،153 ފަތުރުވެރިން އައިސްފައިވާއިރު، ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިމަހު ވަނީ އައިސްފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ.



ކިޔުންތެރިންގެ ހިޔާލު